ޚަބަރު

ނޯޓް ބްރޭންޑްގެ ކޮސްމެޓިކް މާފުއްޓަށް


ނޯޓް ބްރޭންޑްގެ ކޮސްމެޓިކް މާފުއްޓަށް ތައާރަފްކޮށްފިއެވެ. މާފުށީގައި މިކަމަށްޓަކައި ބޭއްވި ޙައްސަ ހަފްލާއެއްގައި ނޯޓް ކޮސްމެޓިކް ތައާރަފްކޮށްދިނީ ރާއްޖޭގެ ނޯޓް އެންބެސެޑަރ ކައިޒީންއެވެ. ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސްގެ އެންމެ ޙާއްސަކަމަކީ މި އުފައްދުމުގައި ތަފާތު ކެމިކަލްތަކާއި، އަލްކަހޯލް އަދި އެސިޑް ފަދަ ތަކެތި ބޭނުންކޮށްފައިނުވުމެވެ.

މާފުށީގައި މި ބްރޭންޑްގެ އުފެއްދުންތައް ލިބެންހުންނާނީ ޕާރފެކްޓް ޕީސްއިންނެވެ. އެ ފިހާރައިގެ ވެރިފަރާތް ފާތިމަތު ޝިފާ ވިދާޅުވީ މާފުއްޓަށް ނޯޓް ބްރޭންޑް ތައާރަފުކުރީ ނޯޓް ބްރޭންޑަކީ މިހާރު ރާއްޖޭގައި ބޭނުންކުރާ އެންމެ ކޮލެޓީ ރަނގަޅު ކޮސްމެޓިކް ބްރޭންޑްކަމަށް ޤަބޫލުކުރާތީ، އެރަށައް ބްރޭންޑެޑް ކޮސްމެޓިކް ތައާރަފުކުރުމުގެ ބޭނުމުގައިކަމަށެވެ. އަދި މާލެއެކޭ އެއްއަގެއްގައި މާފުށިންވެސް މިބްރޭންޑްގެ ކޮސްމެޓިކް ލިބެންހުންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަސްލު ބޭނުންވީ މާފުށީގައި ބްރޭންޑެޑް ކޮސްމެޓިކްސް ވިއްކަން އެހެންވެގެން މިވަގުތު ފާހަގަވީ ހަމަ ރާއްޖޭގައި އުޅޭ އެންމެ ބްރޭންޑެޑް އެންމެ ލަގްޒަރީ އެއްޗަކަށް ނޯޓް ބްރޭންޑް." ފާތިމަތު ޝިފާ ވިދާޅުވިއެވެ.

މާފުއްޓަށް ނޯޓްގެ އުފެއްދުންތައް ތައާރަފްކުރުމާއިއެކު ނޯޓް ކޮސްމެޓިކުން ވަނީ ޙައްސަ ގިފްޓް ވައުޗަރއެއްވެސް ތައާރަފްކޮށްފައެވެ. ނޯޓް ކޮސްމެޓިކް ބްރޭންޑް މެނޭޖަރ މޯލްޑިވްސް، އަޙްމަދު ޝިޔާމް ވިދާޅުވީ، 500 ރުފިޔާއިން ފެށިގެން 8،000 ރުފިޔާ އާއި ހަމައަށް ހިމެނޭ 4 ގިފްޓް ވައުޗަރއެއް ތައާރަފްކޮށްފައިވާކަމަށެވެ. އެގޮތުން ގާތްމީހަކަށް މި ގިފްޓް ވައުޗަރ ހަދިޔާކޮށްލެވޭނެއެވެ. އޭރުން ވައުޗަރއަށް ވާވަރަށް ނޯޓްގެ އުފެއްދުންތައް އެ ފިހާރައަކުން ގަނެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މި ގިފްޓް ވައުޗަރ ގައި ހިމެނޭ 500 ރުފިޔާއިން ފެށިގެން 8،000 ރުފިޔާއާއި ދޭތެރޭގެ ގިފްޓް ވައުޗަރއެއް. މި ގިފްޓް ވައުޗަރގައި ހިމެނޭ އެ އަދަދަކަށް، އެ ބައްލަވައިގަންނަވާ ވައުޗަރއަކަށް ބައްލަވައިގަންނަވާ ފިހާރައަކުން އެ ޕްރޮޑަކްސް ލިބިވަޑައިގަންނަވާނެ." އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނު ވިއްކާ ނިއުއެޑިޝަނުން "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ނޯޓް ބްރޭންޑަކީ ތުރުކީގެ އުފެއްދުމެކެވެ. ނޯޓް ބްރޭންޑްގެ ފައުންޑޭޝަނާއި، އައިލައިނާގެ އިތުރުން ލިޕްސްޓިކް ފަދަ މޭކަޕް ކުރުމަށް ބޭނުންވާނޭ ތަކެތި މިހާރުވެސް ނިޔު އެޑިޝަން ފިހާރައިން އަންނަނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.