ސިޔާސީ

ޖަޕާނުގެ ޕާލިމެންޓްރީ ގްރޫޕްގެ ވަފުދު މަޖިލީހުގެ ރައީސްއާއި ބައްދަލުކޮށްފި





 


ދިވެހިރާއްޖެއާ ޖަޕާނުގެ ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްﷲ މަސީޙް މުޙައްމަދާ ބައްދަލު ކުރައްވައިފިއެވެ.


 
މި ބައްދަލު ކުރެއްވުމުގައި ޖަޕާން މޯލްޑިވްސް ޕާލިމެންޓަރީ ފްރެނޑްޝިޕް ލީގްގެ ރައީސް މަސަހީކޯ ކޮއުމުރާއާ ޖަޕާނުގެ ފަރާތުން ގްރޫޕްގައި ހިމެނޭ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


 
 


މިއަދު މަޖިލިސް ކުރާގޭގައި ބޭއްވި މި ބައްދަލު ކުރެއްވުމަށްފަހު އެ ގްރޫޕްގެ މެންބަރުންވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މޫސާ މަނިކާ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޖަޕާން މޯލްޑިވްސް ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫފުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.