ޚަބަރު

އައްޑޫ މެރަތަން 2018 ވަރަށްވެސް ތަފާތު


އައްޑޫ މެރަތަންގެ ތެރެއިން އައްޑޫ ޑެސްޓިިނޭޝަން އެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށްޓަކައި ވަރަށް ބޮޑެތި ކަންތައްތަކެއް ވަނީ ކުރިއަށް ގޮސްފައިވެއެވެ. މި މެރަތަންގައި އައްޑޫގެ ފާހަގަ ކުރެވޭ ސަގާފީކަންކަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. އައްޑޫ މެރަތަން ރާވާފައިވާ ގޮތުން މިމެރަތަން އަކީ އެހެން މެތަރަންއާ ހިލާފަތް ދުވުމުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ދާ މެރަތަންއެކެވެ. އެގޮތުން މެރަތަންގެ ޙާއްސަ ރަން އެމްބަސަޑާރ އަކަށް އެމެރިކާގެ މަޝްހޫރު މެރަތަނާ އަދި އަލްޓްރާ މެރަތަނާ މައިކަލް ވޯޑިއަން ހަމަޖެއްސުމާއި، މެރަތަންގެ ބައިވެރިންގެ ރޭސް ކިޓް ތައްޔާރު ކޮށް ހަވާލު ކުރުމަށް އެކްސްޕޯއެއް ބޭއްވުމާއި، މައިކަލް ވޯޑިއަން ފަދަ ރަން ވަނަހޯދާފައިވާ ދުވުންތެރިއެއްގެ ދުވުމުގެ ތަޖުރިބާ ދިވާ އެކަޑަމީގެ ކުދިންނާ ޙިއްސާ ކުރުމާއި، ރާއްޖޭގެ ރީތިކަން މުޅި ޤައުމަށް ދައްކާލުމާއި އައްޑޫ އަކީވެސް މެރަތަން ޖަހާލެވޭނެ ފެންވަރުގެ ތަނެއްކަން ސާބިތު ކޮށްދިނުމުގެ އިތުރުން އައްޑޫ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުން ވެސް ހިމެނިގެން ދިޔައެވެ.

އައްޑޫ މެރަތަންގެ ރަން އެންބަސިޑާރ މައިކަލް ވޯޑިއަން މި މެރެތަން އަށް އައްޑޫ އަށް ގޮސްފައި ވަނީ މިމަހު 25ގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން މައިކަލް ވޯޑިއަން ބުނެފައިވަނީ ރާއްޖޭގައި މެރަތަން ޖަހާލަން ލިބުމަކީ ތަފާތު އެކްސްޕީރިއަންސް އަކަށް ވާނޭކަމަށެވެ. އަދި ރާއްޖޭގެ ސަޤާފަތް ބަލާލުމާއި ރާއްޖޭގެ ދުވުންތެރިންނާއެކު ދުވަން ލިބޭ ފުރުޞަތެއްކަމަށްވެސް އޭނާ ބުނެފަައިވެއެވެ.
މައިލް ވޯޑިއަށް އަށް ވަނީ އައްޑޫ ޓުވާއެއްވެސް ދީފައެވެ. މި ޓުވާރ އިން މައިކަލް ވޯޑިއަން އަށް ރާއްޖޭގެ ސަޤާފަތާއި ޤުދުރަތީ ރީތިކަން ފެނިގެން ގޮސްފައިވާކަމަށް އޭނާ ބުނެއެވެ.

އައްޑޫ މެރަތަންގެ އެކްސްޕޯ ބާއްވާފައިވަނީ ޖޫން މަހުގެ 27 އަދި 28 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގައެވެ. އީކުއޭޓާރ ހެލްތު އެންޑް ފިޓްނަސްގެ ނަމުގައި އީކުއޭޓާރ ވިލެޖުގައި ބާއްވާފައިވާ އެކްސްޕޯ އަކީ އާއްމުންނަށް ހުޅުވާލައިގެންް ކުރިއަށް ގެންދިޔަ އެކްސްޕޯއެއްކެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި އެކްސްޕޯގެ ތެރެއިން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ދިޔައެވެ. އޭގެތެރެއިން ކެފޭ އާއި ފިޓްނަސް ޗެލެންޖުތައް ހިމެނެއެވެ. މިއެކްސްޕޯއިން ދުވުންތެރިންގެ ރޭސް ކިޓް ދޫކުރުމާއި، ޓީޝާރޓް އަދި ވަކިން ޙާއްސަ ކޮށް ސެޕެޝަލް ޗެރިޓީ ބިބް ވިއްކާފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން މެރަތަންގެ ރަން ޑައިރެކްޓަރ ސުޖާއު ބުނެފައިވަނީ އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މި އެކްސްޕޯގައި ވިއްކާ ސްޕެޝަލް ޗެރިޓީ ބިބް އިން ލިބޭ ފައިދާ ޓައިނީ ހާރޓްސްއަށް ހަދިޔާ ކުރާނެކަމަށެވެ. އަދި މި ބިބް އަކީ ސުވޭނިއާރ އެއްގޮތުގަ ބާއްވަން ރަނގަޅު އެއްޗެކެވެ.

މިއެކްސްޕޯގެ ތެރެއިން މެރަތަންގެ ބައެއް އެންބެސަޑަރުންގެ ތަޖުރިބާ ޕީއެސްއެމް ނިއުސްއާއި ހިއްސާ ކޮށްލަމުން ބުނެފައިވަނީ އައްޑޫގައި ބާއްވާ މި މެރަތަންގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ މިތަނަކީ ދުވެލުމަށް ރަނގަޅު ރޫޓަކަށްވެފައި ރާއްޖޭގައިވެސް ރިކޯރޑެއް ހެދަލުމުގެ ބެނުމުގައިކަމަށެވެ. އަދި މާލެއިން ބޭރުގައި މި މެރަތަން އައްޑޫގައި ޖަހާލަން ލިބުމަކީ ލިބޭ ރަނުގެ ފުރުސަތެއްކަމަށްވެސް އެންބެސިޑަރުން ފާހަަގަ ކޮށްފައިވެއެވެ.

ކޮންމެ އަހަރަކު އައްޑޫގައި ދުވުން އިންތިޒާމު ކުރައްވާ އައިރަނާސްއިން މައުލޫމާތުދޭ ގޮތުގައި އެބޭފުޅުންގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި އައްޑޫ މެރެތަންއަކީ އޭޝިއާ ސަރަހައްދުގެ އެންމެ ކާމިޔާބު ޑެސްޓިނޭޝަން މެރެތަންއަށް ހެދުމެވެ. އަދި އައްޑޫ މެރެތަން ޕްރޮމޯޓް ކުރަމުން އަންނީވެސް މުޅި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ކަމަށް އައިރަނާސް އިން މައުލޫމާތުދެއެވެ.

ޖުމްލަ 450 ދުވުންތެރިން ބައިވެރިވި މި މެރެތަންގައި ރާއްޖެއިން ބޭރުގެ 20 ދުވުންތެރިންނާއި މީގެއިތުރުން 100 ގާތްކުރާ އަދަދަކަށް ދުވުންތެރިން ރާއްޖޭގެ އެކި ހިސާބުތަކުން އައްޑޫއަށް ގޮސް މެރަތަންގައި ބައިވެރިވެފައިވެއެވެ. ހަ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށް ދިޔަ މި މެރަތަނަށް އާއްމުންގެ ތަރުހީބު ވަނީ ވަރަށް ބޮޑަށް ލިބިފައިވާކަމަށް ދުވުން އިންތިޒާމް ކުރި ފަރާތުން މައުލޫމާތުދޭއެވެ.

ތަފާާތު އެތައް ކަމެއް ފެނިގެން ދިޔަ މެރަތަންގެ ރަން އެމްބަސިޑަރެއްކަމަށްވާ އާތިފް މެރަތަން ނިންމާފައިވަނީ ފައިވާނުގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އާތިފް ބުނެފައިވަނީ އޭނާ ސަގާފީ ގޮތައް ހެދުން އަޅައިގެން މެރަތަން ދުވެފައިވަނީ އައްޑޫ މެރަތަންގެ ތީމް އާ ގުޅުވާގެން ކަމަށާއި ރާއްޖޭގެ ސަގާފަތް ދައްކުވާއިދިނުމަށް ކަމަށެވެ.

އައްޑޫ މެރަތަންގެ ވަނަވަނަތަކަށް ފައިސާގެ އިނާމު ދީފައިވާ އިރު މިމެރަތަންގައި މާލެ އާއި އައްޑޫ އަދި ރާއްޖޭން ބޭރުން ދުވުން ތެރިންވަނީ ބައިވެރިވެފައެވެ.
މިއިވެންޓްގެ ސަބަބުން އައްޑޫ ސިޓީގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށާއި ރެސްޓޯރެންޓް އަދި އެހެނިހެން ވިޔަފާރިތަކަށް ރަނގަޅު މަންފާއެއެއް ލިބިގެންދިޔަކަން ޔަގީނެވެ. އައިރަނާސްގެ މަގްސަދަކީ މިއިވެންޓް ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް އިތުރު މާކެޓް ލިބި ފުޅާވެގެން ދިއުމަށް ކަމަށް އައިރަނާސްގެ ފަރާތުން ބުނެފައިވެއެވެ. އައްޑޫ މެރަތަން 2018 އަކީ މިހާތަނަށް އައްޑޫގައި ބޭއްވުނު އެންމެ ފާހަގަ ކޮށްލެވޭ މެރަތަން އެވެ.