ދ. އަތޮޅު ވޮއްމުލި އައިލަންޑް ރިސޯޓްގެ ސްޕަރއެއްގައި ރޯވެ އަނދައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް އިމާރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ފަޔަރ ރެސްކިއު ޓީމުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވޮއްމުލި ރިސޯޓްގެ އޮވާ ވޯޓާ ސްޕާގައިކަމަށެވެ. އަދި އެތަނުގައި ހެދުނު ނުވަގަދި ފަހެއްކަންހާއިރު ރޯވި އަލިފާންގަނޑު އޭގެ ގަޑިއިރެއްހާއިރު ފަހުން ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފްގައި ފަޔަރ ޓީމު ދިޔުމުގެ ކުރިން ރިސޯޓްގެ މުވަޒަފުން ނުކުމެ އަލިފާން ނިންވާ ފުޅިތައް ބޭނުންކޮށްގެން އަލިފާންގަނޑު ކޮންޓްރޯލުކުރުމަށް މަސައްކަތްކުރިކަމަށްވެސް އެެމްއެންޑީއެފުން ބުނެއެވެ.