ކުޅިވަރު

ސެނަގާލް ކަޓައި، ކޮލަމްބިޔާ އަދި ޖަޕާން ދެވަނަ ބުރަށް!


ސެނެގާލް އަތުން މޮޅުވެ ކޮލަމްބިޔާ ވޯލްޑްކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު، ހަނި ތަފާތަކުން ޖަޕާނަށްވެސް ދެވަނަ ބުރުގެ ފުރުސަތު ލިބިއްޖެއެވެ.

ވޯލްޑްކަޕްގެ ގްރޫޕް އެޗްގައި ކޮލަމްބިޔާއިން ސެނެގާލް މައްޗަށް ކުރިހޯދީ އެކެއް ސުމަކުންނެވެ. މެޗުގައި ކޮލަމްބިޔާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޔެރީ މީނާއެވެ. މި މޮޅާއިއެކު ކޮލަމްބިޔާއިންވަނީ ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

މި ގްރޫޕުގައި ދެން ކުޅުނު މެޗުން ޖަޕާން ބަލިވިނަމަވެސް އެޓީމަށްވަނީ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. ޖަޕާން ބަލިވީ މުބާރާތުން ކަޓާފައިވާ ޕޮލަންޑް އަތުން. ޕޮލަންޑްގެ ލަނޑު ޖަހައިދިނީ ބެޑްރަނެކެވެ.

މި މެޗުން ބަލިވި ޖަޕާނާއި ސެނެގާލަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ފައިދާ ގޯލްގެ ތަފާތު އެއްވަރުވިއިރު، ޖެހި ގޯލްގެ އަދަދުވެސް ވީ އެއްވަރެވެ. ދެ ޓީމް ވާދަކުރި މެޗުވެސް 2-2ން އެއްވަރުވެފައިވުމުން ޖަޕާނަށް ކުރި ލިބުނީ ފްއާ ޕްލޭ ޕޮއިންޓަށް ބަލައިގެންނެވެ. މެޗުތަކުގައި ކުޅުންތެރިންނަށް ދައްކާ ކާޑަށް ބަލައިގެން ދޭ މި ޕޮއިންޓް ސިސްޓަމުގައި ޖަޕާން އަތުގައި މައިނަސް ހަތަރު ޕޮއިންޓް އޮތްއިރު ސެނެގާލުގެ އޮތީ މައިނަސް ފަސް ޕޮއިންޓެވެ.