ވިޔަފާރި

ރާއްޖޭގައި އުފައްދާ ތަކެތީގައި ޖަހާ ހަލާލު ލޯގޯ ސިންގަޕޫރުން ބަލައިގަނޭ





 


ރާއްޖޭގައި އުފައްދާ ތަކެތީގައި ޖަހާ ހަލާލު ލޯގޯ ސިންގަޕޫރުން ބަލައިގަންނަން ފަށައިފިއެވެ.


 
އިސްލާމިކް މިނިސްޓަރގެ ނައިބު ޑޮކްޓަރ އައިޝަތު މުނީޒާ ވިދާޅުވީ، ސިންގަޕޫރުން ރާއްޖޭގައި އުފައްދާ ތަކެއްޗަށް ދޫކުރާ ހަލާލު ސެޓްފިކެޓް ބަލައިގަތުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، އެއީ ބޭރުގެ އެހެން ގައުމުތަކުން ރާއްޖޭގެ އުފެއްދުންތަކަށް އިތުބާރާ ޔަޤީންކަންލިބޭނެކަމެއްކަމަށެވެ.


ސިންގަޕޫރުގައި ހަލާލު ސެޓްފިކެޓްގެ ކަންތައް ބަލަހައްޓަނީ އެ ގައުމުގެ އިސްލާމީ ކަންތައްތަކާބެހޭ މުއައްސަސާ،"މުއިސް"އިންނެވެ.


 
ރާއްޖޭގެ ތިން ކުންފުންޏެއްގެ 20 އުފެއްދުމަކަށް ޙަލާލް ސެޓްފިކެޓް އިސްލާމިކް މިނިސްޓްރީންވަނީ ދޫކުރައްވާފައެވެ.


 
 


ހަލާލް ސެޓްފިކެޓަކީ އިސްލާމުން ކެއުމުގައި ބޭނުންކުރާ އާއްމު އުސޫލުތަކަށް ފެތޭ ބާވަތެއްކަން ރަމްޒުކޮށްދޭނެ އެއްޗެކެވެ.