ޚަބަރު

ސަޓާގެ ސްރީލަންކާ އިވެލުއޭޝަން ފަށައިފި


ސައުތު އެޝިއަން ޓްރެވެލް އެވޯޑް (ސަޓާ) އަށް ސްރީލަންކާއިން ވާދަ ކުރާ ފަރާތްތައް އިވެލުއޭޓްކުރަން ފަށައިފިއެވެ. ސްރީލަންކާގެ އިވެލުއޭޝަންތައް ފަށާފައިވަނީ ހޯމަދުވަހު ސްރީލަންކާގެ ރަމަދާ ކޮލަންބޯ ހޮޓެލްގައެވެ.

ސަޓާގެ މިއަހަރުގެ އިވެލުއޭޝަންތައް އެންމެ ފުރަތަމަ ފެށީ ރާއްޖެއިންނެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިވެލުއޭޝަންތައް ވަނީ ބާއްވާފައެވެ.

މިއަހަރުގެ ސަޓާގައި 50 ދާއިރާއަކުން އެވޯޑްދޭއިރު، އެވޯޑަށް ވާދަކުރާނީ ޖަޖިންގ ޕެނަލުން ދޭ މާރކްސްއާއި އޮންލައިން ވޯޓުން އެންމެ މަތީ މާކްސްލިބޭ ފަރާތްތަކެވެ. މިމަހުގެ ނިޔަލަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ ޖަޖިންގ ޕެނަލްގައި މުޅިންވެސް ޙަރަކާތްތެރިވަނީ ކަނބަލުންނެވެ. އޭގެތެރޭގައި ހިމެނެނީ ސްރީލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ޙަރަކާތްތެރިވެފައިވާ އަމާލް ގުނަތިލަކައާއި، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކޮށްފައިވާ ރިންކޫ މަދަންއާއި، ދިވެހި ރާއްޖެއިން ހިންނާ ޚާލިދެވެ.

ސްރީލަންކާގެ އިވެލުއޭޝަންއަށްފަހު ދެންކުރިއަށްދާނީ، އިންޑިއާގެ ބެންގަލޫރާއި ދިއްލީ، ބޫޓަންގެ ޕާރޯއާއި ގެނޭޕާލް ކަތަމަންޑޫގެ އިވެލުއޭޝަނެވެ.
މިއަހަރުގެ އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 14 އިން 15 އަށް އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް މުންބާއީގައެވެ.