ޚަބަރު

ޓެރެރިޒަމްއާއި ދެކޮޅަށް އދ ގައި ބާއްވާ ހާއްސަ ކޮންފަރެންސަށް ޒަކަރިއްޔާ މަންޞޫރު ނިއުޔޯކަށް


ޓެރެރިޒަމްއާއި ދެކޮޅަށް އދ ގައި ބާއްވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ފުރާވަޑައިގެންފިއެވެ. އެމެރިކާގެ ނިއު ޔޯރކްގައި ހުންނަ އ.ދ ގެ މައި އިދާރާގައި ކުރިޔަށް ދާ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ކައުންޓަރ ޓެރެރިޒަމް އޭޖެންސީތަކުގެ އިސްވެރިންނަށް ބާޢްވާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސް އޮންނާނީ މިމަހުހެ 28 އަދި 29 މި ދެދުވަހުއެވެ.

"ޔުނައިޓެޑް ނޭޝަންސް ހައިލެވެލް ކޮންފަރެންސް އޮފް ހެޑްސް އޮފް ކައުންޓަރ ޓެރެރިޒަމް އެޖެންސީސް އޮފް މެމްބަރ ސްޓޭޓްސް" އަކީ އެ ޖަމްޢިއްޔާ ގެ ޤައުމުތަކުގެ އިސްވެރިންގެ ތެރެއިން ކައުންޓަރ ޓެރެރިޒަމް ނުވަތަ ނިރުބަވެރިކަމާއި ދެކޮޅައް މަސައްކަތްކުރާ ބޭފުޅުންގެ މެދުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގަންނަވަނީ ދިވެހި ރާއްޖޭގެ ކައުންޓަރ ޓެރެރިޒަމް ސެންޓަރު ގެ ޑިރެކްޓަރު ޖެނެރަލް ގެ ޙައިސިއްޔަތުންނެވެ.

މި ކޮންފަރެންސް ގެ މަޤްޞަދަކީ އ.ދ ގެ މެންބަރު ޤައުމުތަކުގެ މެދުގައި ޓެރެރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރައް ހަރުދަނާ ކުރުން ހިމެނެއެވެ. އަދި މި ބައްދަލުވުންގައި އ.ދ ގެ މެންބަރު ޤައުމުތަކުގެ ކައުންޓަރ ޓެރެރިޒަމް އަދި ކައުންޓަރ ވައިލެންސް އެކްސްޓީމިޒަމް ސިޔާސަތުތަކާއި އުކުޅުތަކާއި މެދު މަޝްވަރާކުރުމާއި، އެ ޤައުމުތަކުގެ ޤާބިލްކަން އިތުރުކުރުން މުހިއްމު ދާއިރާތަކާއި، އެ ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއިމެދު ބައިވެރިންގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. .މ ކޮންފަރެންސް ގެ ސަބަބުން ދިވެހި ރާއްޖެއަށް މި ދާއިރާއިން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ކޮންފަރެންސަކީ އ.ދ ގެ ސެކްރެޓަރީ ޖެނެރަލްގެ އިސްނެންގެވުމާއި އެކު، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އ.ދ ގެ ޢާންމު ޖަލްސާގައި މިއަހަރު ބޭއްވުމަށް ފާސްކޮށްފައިވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ބޭއްވުމަށް މި ޖަލްސާގައި ބައިވެރިވި 152 ޤައުމެއްގެ މަންދޫބުން ވަނީ އެދިފައެވެ.