40 އަހަރުތެރޭ ވޯލްޑްކަޕްގެ ފުރަތަމަ މޮޅު ޕެރޫން ހޯދައިފިއެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސީގައި ޕެރޫ އޮސްޓްރޭލިއާ އަތުން މޮޅުވީ ފަހު މެޗު ދޭއް ސުމަކުން ކާމިޔާބުކޮށްގެންނެވެ. 
މެޗުގައި ޕެރޫގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަންދްރޭ ކަރީލޯއެވެ. ޕެރޫގެ ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ޕައުލޯ ގުއެރޭރޯއެވެ. 
މި މޮޅަކީ 1978ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގައި ކުޅުނު ޕެރޫ ހޯދި ފުރަތަމަ މޮޅެވެ. 
މި މެޗުގައި އޮސްޓްރޭލިއާގެ ތަޖުރިބާކާރު ފޯވާޑް ޓިމް ކަހިލް ކުޅެން އެރުވިއެވެ. އެކަމަކު އޭނާއަށް މެޗުގައި ގޯލެއް ޖެހޭގޮތެއް ނުވިއެވެ. އޭނާއަކީ ހަތަރު ވޯލްޑްކަޕެއްގައި ކުޅުނު އޮސްޓްރޭލިއާގެ ފުރަތަމަ ކުޅުންތެރިޔާއެވެ. މިދިޔަ ތިން މުބާރާތުގައި އޭނާ ގޯލްޖެހިކަން ފާހަގަކޮށްލެވެއެވެ.
 
މެޗުން ބަލިވުމާއެކު އޮސްޓްރޭލިއާ މުބާރާތް ނިންމާލަން ޖެހުނީ އެއްވެސް މޮޅެއް ނުލިބިއެވެ. މިއީ އެޓީމް ވޯލްޑްކަޕްގައި ކުޅުނު 5 މެޗުގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ މުބާރާތެވެ.