ކުޅިވަރު

އަލް ހަދަރީ ރެކޯޑު ހެދި މެޗުން މިސްރު މޮޅެއް ނުވި!


މިސްރުގެ ކެޕްޓަން އެސާމް އެލް ހަދަރީ ރެކޯޑު ހެދި މެޗުން ސައުދީ އަރަބިއްޔާ މޮޅުވެއްޖެއެވެ.

ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިޔާ އަދި މިސްރު ވާދަކުރި މެޗު ސައުދީން ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.

މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެން ނިކުމެ މިސްރުގެ ކެޕްޓަން އަދި ކީޕަރު އެސާމް އަލް ހަދަރީވަނީ ވޯލްޑްކަޕްގެ ރެކޯޑެއް ހަދާފައެވެ. މުބާރާތުގެ ތާރީޚުގައި ވޯލްޑްކަޕްގެ މެޗެއްގައި ކުޅުނު އެންމެ މުސްކުޅި ކުޅުންތެރިޔާގެ ރެކޯޑު އޭނާވަނީ ހޯދާފައެވެ. މެޗުގައި އެލް ހަދަރީ މޮޅު ކުޅުމެއް ދެއްކައި ޕެނަލްޓީއެއްވެސް ދިފާއުކުރިއެވެ.

މިސްރުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މުޙައްމަދު ސަލާއެވެ. އޭގެ ފަހުން ސައުދީއަށް ލިބުނު ޕެނަލްޓީ އެލް ހަދަރީ ދިފާއުކުރިއެވެ. ސައުދީން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރީވެސް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖަހައިދިނީ ސަލާމް އަލް ފަޖްރެވެ.

މެޗުން ސައުދީ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އަލް ދަވްސާރީ ޖަހައިދިން ގޯލުންނެވެ. މި މޮޅަކީ ސައުދީން 1994ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގައި ހޯދި ފުރަތަމަ މޮޅެވެ.