ޚަބަރު

އާ ބާރުތަކަކާއެކު އާ ދައުރަކަށް ރައީސް އުރުދުޣާން


ތުރުކީވިލާތުގެ ތާރީޚީ ރިޔާސީ އިންތިޚާބު، އެ ޤައުމުގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ކާމިޔާބުކުރައްވައިފިއެވެ.

އާދީއްތަ ދުވަހު ތުރުކީ ވިލާތުގައި ބޭއްވި ޢާއްމު އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ، އެމަނިކުފާނި ނިސްބަތްވެވަޑައިގަންނަވާ އޭ.ކޭ. ޕާޓީން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިންތިޚާބު ނުވަދިހަ ހަތެއް އިންސައްތަ ވޯޓު ގުނާ ނިންމާފައިވާއިރު، އުރުދުޣާން ވަނީ ފަންސާސް ދޭއް އިންސައްތަ ވޯޓު ހޯއްދަވައި، އިންތިޚާބުގައި ސާފު އަޣުލަބިއްޔަތެއް ގެންދަވާފައެވެ. އެހެންނަމަވެސް މައި އިދިކޮޅު ޕާޓީން ބުނެފައިވަނީ އެހާ ހަނި އަޣުލަބިއްޔަތެއް އުރުދުޣާނަށް ލިބިވަޑައިގެންފައިވާތީ، އަދި ބަލި ޤަބޫލުކުރަން އަވަސްކަމަށް އެ ޕާޓީން ދެކޭކަމަށެވެ.

ވެރިރަށް އަންކާރާގައި ރައްޔިތުންނާ މުޚާޠަބުކުރައްވަމުން އުރުދުޣާން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީ ސިފަކުރައްވާފައިވަނީ ޑިމޮކްރަސީ އާއި ތުރުކީގެ ރައްޔިތުންނަށް ލިބިނު ނަޞްރެއްގެ ގޮތުގައެވެ.
އާ ދައުރަކަށް އުރުދުޣާން ހުވާކުރައްވާނީ ތުރުކީވިލާތުގެ ވެރިކަން ހިންގުމުގެ ބާރަށް ޤާނޫނީ ގޮތުން ލިބިފައިވާ ބޮޑެތި ބާރުތަކެއް ތަސްދީޤުކުރައްވަމުންނެވެ. އަދި އާދީއްތަ ދުވަހު ތުރުކީގައި އިންތިޚާބު ބާއްވާފައިވަނީ އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.