ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނު ރައްޔިތުންގެ އަދަދު 900އަށް





 


އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ އުދުވާނުގެ ތެރޭގައި ޝަހީދުވި ފަލަސްޠީނު ރައްޔިތުންގެ އަދަދު 900 އަށް އަރައިފިއެވެ.


 
މިއަދަދު 900 އަށް އަރާފައިވަނީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން 35 ހަށިގަނޑެއް ފެނުމާއެކު ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރޭ.


 
އިސްރާއީލާ ހަމާސް ޖަމާޢަތާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް މިހާރު މެދުކަނޑާލާފައިވާ އިރު، ހަމަލާތައް މެދުކަނޑާލުމުގެ ކުރިން އިސްރާއީލުން ގިނަ އަދަދެއްގެ މިސައިލު، ޣައްޒާގެ އެކި ތަންތަނަށް ފޮނުވާލާފައިވާ ކަމަށް ފަލަސްޠީނުގެ އޮފިޝަލުން ބުނެއެވެ.


 
މިފަދަ އެއް ހަމަލާއެއްގައި ޣައްޒާގެ އެއް އާއިލާއެއްގެ 18 މެމްބަރުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތުދީފައެވެ.


 
 


އިސްރާއީލާ ޣައްޒާއިން ހަމަލާތައް ހުއްޓާލާފައިވަނީ ކުރިއަށް އޮތް ބާރަ ގަޑިއިރަށް ކަމަށް ޚަބަރު ލިބެއެވެ. އަދި މިއީ ޣައްޒާގައި އިންސާނީ އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމުގެ ފުރުސަތު ދިނުމަށް ކަމަށް ޚަބަރު ލިބެއެވެ.