ކުޅިވަރު

އީގަލްސްގެ ލިސްޓަށް ބިދޭސީ ދެ ކުޅުންތެރިން އިތުރުކޮށްފި


ދިވެހި ޕްރިމިއަރ ލީގަށް އީގަލްސް ވަރުދަކުރަން ބޭރުގެ ޑިފެންޑަރަކާއި، މިޑްފީލްޑަރެއް ހިމަނައިފިއެވެ.

ޓީމަށް އަލަށް ގެންނަން ލިސްޓްގައި ހިމަނާފައިވަނީ އޮސްޓްރޭލިޔާގެ މިޑްފީލްޑަރަކާއި، އުޒްބެކިސްތާން ޑިފެންޑަރެކެވެ. މީގެތެރެއިން އޮސްޓްރޭލިޔާގެ މިޑްފީލްޑް ކުޅުންތެރިއަކީ މިޑްލްސްބަރާގެ ޔޫތް ޓީމަށް ކުޅެފަ ހުރި ކުޅުންތެރިއެއްކަމަށް އީގަލްސްއިން މައުލޫމާތުދެއެވެ. ޑިފެންޑަރު ކުޅެމުން އައީ އުޒްބެކިސްތާން ލީގުގައެވެ. ދެ ކުޅުންތެރިންވެސް ލީގު ފެށުމުގެ ކުރިން ގެނެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އީގަލްސްއިން މައުލޫމާތުދެއެވެ.

މި ދެކުޅުންތެރިންނާއެކު އީގަލްސްގައި ބިދޭސީ ހަތަރު ކުޅުންތެރިން ތިބޭނެއެވެ. އެއީ ލަންކާ ކީޕަރު ސުޖަންއާއި، ބްރެޒިލްގެ ފޯވާޑް ލުއިސް އެޑްއާޑޯއެވެ. މިދެ ކުޅުންތެރިންވެސް އަންނަނީ އީގަލްސްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސްގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.