ކުޅިވަރު

ބައިބަލާ މުބާރާތުގެ ސެމީއަށް ހަތަރު ޓީމު ދަތުރުކޮށްފި


އެންމެ ފަހުގެ ޗެމްޕިއަން ކްލަބު ޓީނޭޖް ކުއާޓާ ފައިނަލުން ކަޓުވާލުމަށްފަހު ހަތަރު ޓީމެއް ބައިބަލާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީއަށް ދަތުރުކުރި ޓީމުތަކަކީ މަސްއޮޑި ސްޕޯރޓްސް ކްލަބާއި، އެންސީ ސްޕޯރޓްސް ކްލަބާއި، ބުރު ސްޕޯރޓްސް ކްލަބު އަދި ކުޑަހެންވޭރު ޔުނައިޓެޑެވެ.

މާދަމާރޭ ނުވައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަސްއޮޑި ސްޕޯރޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންސީ ސްޕޯރޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑެވެ. ސެމީ ފައިނަލް މެޗުތައް ނިމުމަށްފަހު މާދަމާރޭ ފައިނަލް މެޗުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗުވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.