ކުޅިވަރު

ޕީއެސްއެމް ބެޑްމިންޓަން މުބާރާތް ނިމިއްޖެ


މޫސާ މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅުނު ބެޑްމިންޓަން މުބާރަތުގެ ޗެންޕިއަންކަން އާދަމް ނިމާލް އާއި އިސްމާއިލް ރަމީޒްގެ ޕެއަރ އަދި ހައްވާ ފަސާނާ އާއި ފާތިމަތު ނުމާ ރަޝީދުގެ ޕެއަރ ހޯދައިފިއެވެ.

ޕީއެސްއެމްގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ މި މުބާރަތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އާދަމް ނިމާލް އާއި އިސްމާއިލް ރަމީޒްގެ ޕެއަރ ހޯދީ ފައިނަލްގައި މުހައްމަދު ޖުމައިލް އާއި އިސްމާއިލް އަޝްރަފްގެ ޕެއަރ އާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހައްވާ ފަސާނާ އާއި ފާތިމަތު ނޫމާ ރަޝީދުގެ ޕެއަރ ހޯދީ ފައިނަލްގައި ފާތިމަތު ޖުމްލާ އާއި ސަކީނާ އަލީގެ ޕެއާރ އާއި ވާދަކޮށް ކުރި ހޯދާއިގެންނެވެ.

މުބާރާތުގެ ފިރިހެން އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ މުހައްމަދު ޖުމައިލް، އާދަމް ނިމާލް އަދި އިސްމާއިލް އަޝްރަފްއެވެ. އަންހެން އެންމެ މޮޅު ތިން ކުޅުންތެރިންނަކީ، ހައްވާ ފަސާނާ، ފާތިމަތު ޒުމްލާ އަދި އިސްމާއިލް ރަމީޒްއެވެ. މުބާރާތުގެ ޗެންޕިއަން ޓީމަށް ހަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ދިން އިރު ރަނަރަޕް ޓީމަށް ވަނީ ހަތަރުހާސް ރުފިޔާ ދީފައެވެ.