ޚަބަރު

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތް





 


ކުއްލިއްޔާ، ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ ފަންނީ މަސައްކަތް ކުރުމަށް ސަރުކާރުން އެކުލަވާލި ކޮމިޓީގެ މަސައްކަތް ނިންމާ، އެމަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ އާއި ސްޓްރެޓީޖިކް ޕްލޭން ރައީސް އޮފީހާއި ހިއްސާކޮށްފިއެވެ.


 
އެ ކޮމެޓީން ހާމަކުރި ގޮތުގައި، ކުއްލިއްޔާ މިހާރު ހުރި ހާލަތުން ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ފަސް މިލިޔަން ދިވެހި ރުފިޔާ ޚަރަދުވާނެ، އަދި ޔުނިވަރސިޓީއަކަށް ބަދަލުވެގެންދާއިރު އެތަން ވެގެންދާނީ ދުނިޔޭގެފެންވަރުގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީއަށްކަމަށްވެސް އެކޮމެޓީން ބުނެއެވެ.


 
ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާ، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއަށް ބަދަލު ކުރުމަށް ސަރުކާރުން ކޮމެޓީއެއް އެކުލަވާލީ މީގެ ތިންމަސް ކުރިން، ކޮމެޓީ އުފެދުމާއިއެކު ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމައްޓަކައި މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ތަޖުރިބާކާރުންގެ  އެހީތެރިކަމާއި އެކު ސްޓެޓަޖިކް ޕްލޭނަކާ، ފީސިބިލިޓީ ސްޓަޑީއެއް ތައްޔާރުކޮށް ކޮމެޓީންވަނީ ރައީސް އޮފީހާ  ހަވާލުކޮފައެވެ.


 
މިކަމާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކޮމެޓީގެ ޗެއަރމަން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ސަރުކާރުގެ ކާމާގުޅުންހުރި މުއްސަސާތަކުން ވަރައް ބޮޑު އަހަންމިއްޔަތެއް ދެއްވިކަމަށާއި އެގޮތުން އެކަމާގުޅުންހުރި ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ.


 
މިނިސްޓަރ ޝަހީމް ވިދާޅުވީ، މިހާރުން މިހާރަށް ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް 5 މިލިޔަން ދިވެހި ރުފިޔާ ޚަރަދުވަނެކަމަށް، ކޮމެޓީން އެކުލަވާލާފައިވާ ސްޓެޓަޖިކް ޕްލޭންގައިވާގޮތުންފިޒިކަލް އަދި އިންޓަރލެކްޗުއަލް ކަންކަމަށް ތިން މަރުހަލާޔަކަށް 36 މިލިޔަންޑޮލަރަށްވުރެ ބޮޑުޚަރަދެއް ދާނެކަމަށެވެ.


 
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ، ކޮމެޓީން ނިންމި މަސައްކަތާއި ގުޅިގެން ކުއްލިއްޔާ ޔުނިވާރސިޓީއަކަށް ބަދަލުކުރުމަށް ރައީސް އޮފީހުންދޭ އިރުޝާދުތަކާއި އެއްގޮތަށް އެމިނިސްޓްރީން ދެންހުރި މަސައްކަތްތަށް ކުރަމުންދާކެކަމަށާއި، މިސަރަހައްދުގެ ގައުމުތަކުން ދަރިވަރުން ކިޔަވަންއަންނަ ފެންވަރުގެތަނަކަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ ވެގެންދާނެކަމަށެވެ.


 
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާގެ ރެކްޓަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވެގެންދާއިރު ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށާއި ތަނުގެ ކޮލެޓީ ހިފެހެއްޓުމަށް ގިނަމަސައްކަތްތައް މިހާރުވެސް ފަށާފައިވާކަމަށެވެ. އެގޮތުން މާސްޓަސް ލެވަލްގެ ކޯސްތަށް މިހާރު އިއުލާންކޮށްފައިވާއިރު، ތަނުގެ އިންސާނީ ވަސީލަތް ރަނގަޅުކުރުމަށް ލެކްޗަރާއިންނާއި އިދާރީ މުވައްޒަފުން ހޯދުމަށް މިހާރު އިއުލާންކޮށްފައިވާކަމަށެވެ.


 
ރެކްޓަރ އިތުރަށްވިދާޅުވީ، ޔުނިވާސިތީއަކަށް ބަދަލުވުމުން އިސްލަމީ ގިއުގަނޑުގެ ތެރޭގައި ޝާމީލްވާ އެހެންދާއިރާތަކުގެ ކޯސްތަށްވެސް އެ ޔުނިވާސީޓީން ފެށިގެންދާނެކަމަށެވެ.


 
މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އުފެދިގެން ދިއުމުން އަލް އަޒްހަރު ޔުނިވަރސިޓީ އާއި، މަދީނާގެ އިސްލާމިކް ޔުނިވާސިޓީފަދަ އިސްލާމީ ޔުނިވާސިޓީތަކުގެ އެހީތެރިކަމާއި އެތަންތަނުގެ ކަރިކިއުލަމްތަކަށްކޯސްތަށް ހިންގާނެކަމަސް ކުއްލިއްޔާއިން މައުލޫމާތުދެއެވެ.


 
ޔުނިވާސީޓީ ހެދުމުގެ މަސައްކަތައް ކުވެއިތާއި ގަތަރުން އެހީތެރިވެދޭން ނިންމާފައިވާއިރު، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ މަރުކަޒީ އިދާރާ ގާއިމް ވެގެންދާނީ ހުޅުމާމލޭގައިކަމަށް ކޮމެޓީން މައުލޫމާތުދެއެވެ.


 
 


ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ސަރުކާރުން އެކުލަވާލި ކޮމެޓީން ކުރި މަސައްކަތްކުގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އަމާނަ ތަކަފުލްއިން އެހީތެރިކަން ފޯރުކޮށްދިންކަމަށް އެކޮމެޓީން މައުލޫމާތުދެއެވެ.