ޚަބަރު

މަޓާޓޯގެ ޕާރޓްނަރަކަށް މައިބަންޕް މޯލްޑިވްސް ހަމަޖައްސައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯގެ ޕާރޓްނަރަކަށް މައިބަންޕް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މަޓާޓޯގެ ޕާރޓްނަރަކަށް މައިބަންޕް މޯލްޑިވްސްވެސް ހަމަޖައްސާ، އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަސައްކަތްކުރާނެއެވެ. މިގޮތުން ޢާންމުންނާ ވަރަށްބޮޑަށް ގުޅުންހުރިގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށް މައިބަންޕް މޯލްޑިވްސްގެ ސީއޯއޯ އަދި ކޯ ފައުންޑަރ ދާނިޝް އާތިފް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މައިބަންޕް މޯލްޑިވްސް އިން ބުނެއެވެ.