ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި


މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.

މިކަމާބެހޭ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ ޕީ.އެސް.އެމްގެ ޑިރެކްޓަރ އީކޮމާރސް އެންޑް މާރކެޓިންގ އިބްރާހީމް ނަސްރީންއެވެ. އަދި ކަސްޓަމަރ އެކްސްޕީރިއެންސް ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ހެޑް އޮފް ކޮމާޝަލް އޮޕަރޭޝަންސް ފާތިމަތު ޝާލީއެވެ.

މި އެސްބަސްވުމުގެ ދަށުން މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސް ޕްރޮމޯޓް ކުރުމަށާއި، މި އެވޯޑް ޙަފްލާ ޢާންމުންގެ ސަމާލުކަމަށް ގެނައުމަށް ޕީއެސްއެމްގެ ޗެނަލްތަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އެވޯޑް ޙަފްލާ ވަގުތުން ބޮރޯޑްކާސްޓްވެސް ކުރާނެއެވެ.

ސީއެކްސްއެފްއޯގެ ހެޑް އޮފް ކޮމާޝަލް އޮޕަރޭޝަންސް ފާތިމަތު ޝާލީ ވިދާޅުވީ މި އެވޯޑްގެ އަމާޒަކީ ވިޔަފާރިތަކުން ކަސްޓަމަރުންނަށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ.

ޝާލީ ވިދާޅުވީ މިފަދަ އެވޯޑެއް އެފައުންޑޭޝަންގެ ފަރާތުން ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރުކަމަށެވެ.