ކުޅިވަރު

ކޮސްޓަރިކާ އަތުން ސަރބިއާއަށް މުޙިއްމު މޮޅެއް!


ކެޕްޓަން ކޮލަރޯވް ކާމިޔާބުކުރި ހަމައެކަނި ލަނޑުން ކޮސްޓަރިކާ ބަލިކޮށް، ސަރބިއާ ހައްޤު މޮޅަކުން ވަރލްޑްކަޕް ފަށައިފިއެވެ.

ކޮސްޓަރިކާއަށްވުރެ ރަނގަޅަށް ކުޅެ، ފުރުޞަތުތައް ހޯދި މެޗުގެ ހަމައެކަނި ލަނޑު ކޮލަރޯވް ޖެހީ 56 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. މެންޗެސްޓަރ ސިޓީގެ ކުރީގެ ޑިފެންޑަރ ވަނީ މެޗުގައި މޮޅަށް ކުޅެފައެވެ. ކޮލަރީވް ފޮނުވާލި ބޯޅަ ދިފާއުކުރަން ރެއާލްމެޑްރިޑްގެ ކީޕަރ ނަވާސްއަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ސަރބިއާއިން ތަނަވަސްކުރިއެވެ. އޭގެތެރެއިން ދެ ބޯޅައެއް ކީޕަރު ނަވާސް ދިފާއުކުރިއެވެ.
މުޅި މެޗުގައިވެސް ކޮސްޓަރިކާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވޭގޮތެއްނުވިއެވެ.

މިގްރޫޕްގެ ދެވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު ވާދަކުރާނީ ބްރެޒިލްއާއި ސްވިޒަރލެންޑެވެ. މިއީ މިގްރޫޕުން ދެވަނަ ބުރަށްދާނެކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދެޓީމެވެ.