ކުޅިވަރު

ނައިޖީރިޔާ ބަލިކޮށް، ކޮރޭޝިޔާއަށް ރަނގަޅު ފެށުމެއް!


2-0 ން ނައިޖީރިޔާ ބަލިކޮށް، ވަރލްޑްކަޕްގައި ކޮރޭޝިޔާ ރަނގަޅު ފެށުމެއް ހޯދައިފިއެވެ.

އާޖެންޓީނާ ހިމެނޭ ގްރޫޕްގައި މިރޭ ނައިޖީރިޔާގެ މައްޗަށް ކޮރޭޝިޔާ ފުރަތަމަ ކުރި ހޯދީ ނައިޖީރިޔާގެ އިޓޭބޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެވަނަ ހާފްގައި ކެޕްޓަން މޮޑްރިޗް ކޮރޭޝިޔާއަށް ލީޑް ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. ފުރަތަމަ ހާފްގައި ނައިޖީރިޔާއަށް ލަނޑުޖަހަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އިވޯބީއަށެވެ. އޭނާ ފޮނުވާލި ބޯޅަ ސަލާމަތްކުރީ ކޮރޭޝިޔާގެ ޑިފެންޑަރ ލޮވްރެންއެވެ.

މިނަތީޖާއާއެކު ގްރޫޕް ޑީގެ އެއްވަނަ ލިބެނީވެސް ކޮރޭޝިޔާއަށެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ 32 އަހަރުގެ ކެޕްޓަން މޮޑްރިޗްއެވެ. މިއީ ރެއާލްއާއެކު ޗެމްޕިއަންސްލީގުވެސް ކާމިޔާބުކުރި މޮޑްރިޗްގެ ފަހު ވަރލްޑްކަޕަށްވުން ގާތެވެ.