ޚަބަރު

ފޮރިން މިނިސްޓަރ ޖަޕާނުގެ އެންމެ އުސް އިމާރާތް، ސްކައިޓްރީއަށް ޒިޔާރަތްކޮށްފި


ޖަޕާނަށްކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ޑރ މުޙައްމަދު އާސިމް ޖަޕާނުގެ އެންމެ ހުސް އިމާރާތް، ސްކައިޓްރީ ޓަވަރއަށް ޒިޔާރަތްކޮށްފިއެވެ.

ސްކައި ޓްރީ ޓަވަރއަކީ ބުރްޖް ޚަލީފާއަށްފަހު ދުނިޔޭގެ ދެވަނައަށް އެންމެ އުސް އިމާރާތެވެ. 634 މީޓަރުގެ ސްކައިޓްރީ ޓަވަރއަކީ 2012ވަނަ އަހަރު ބިނާކުރި، ޖަޕާނުގެ އެންމެ އުސް އިމާރާތެވެ. ސްކައިޓްރީ އިމާރާތަކީ ޓޯކިޔޯގެ ޕްރައިމަރީ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓިން ޓަވަރ ހިންގާ އިމާރާތެވެ. މިތަނުގައި ރެސްޓޯރެންޓާއި، އޮބްޒަވޭޝަން ސެންޓަރުތައްވެސް ހުރެއެވެ.

މިނިސްޓަރއާއެކު ސްކައިޓްރީ ޓަވަރއަށް ޒިޔާރަތްކުރި ވަފުދުގައި ސެކެޓްރީ ބައިލޭޓަރަލް އަޙްމަދު ޚަލީލާއި ރާއްޖެއިން ޖަޕާނަށް ކަޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް އުވައިސް ހިމެނެއެވެ.

ރާއްޖެއާ ޖަޕާނުންދަނީ އިންޓަރގްރޭޑަޓް ސާރވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިން ޓެރެސްޓްރިއަލް، އައި.އެސް.ޑީ.ބީ.ޓީ ޓެލަވިޒަން ނެޓްވޯކްގެ ހިދުމަތް ރާއްޖޭގައި ޤައިމްކުރުމަށް މަސައްކަތް ކުރަމުންނެވެ. މިމަޝްރޫއަކީ ޖަޕާނުގެ އެހީއާއެކު ރާޢްޖޭގައި ހިންގާ މަޝްރޫއެކެވެ. މިސިސްޓަމް ޤާއިމްކުރާނީ އެމެޖެންސީ ވޯނިން ސިސްޓަމަކާވެސް އެކުގައެވެ.