ޚަބަރު

32 ވަނަ ޤައުމީ ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


32 ވަނަ ޤައުމީ ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެެވެ.

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން އައްޝައިޚް މަލިކް މޫސާ މާފަތް ކަލޭފާނުގެ ވާދައިގެ ތައްޓަށް ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހު މެންދުރު އެކެއްގެ ނިޔަލަށް ދިވެހި ބަހުގެ އެކެޑަމީން ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވާހަކަ އަތުން ލިޔެގެން ނުވަތަ ކޮމްޕިއުޓަރުން ޓައިޕްކޮށްގެން ދިވެހި ބަހުގެ އެކަޑެމީ އަށް ނުވަތަ އެ އެކަޑެމީގެ ވެބްސައިޓަށް ހުށަހެޅޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ވާހަކަ ލިޔުމުގެ މުބާރާތުގައި ސްކޫލް ތަކުގެ ބަޔާއި، މަތީ ތަޢުލީމުގެ ބަޔާއި، ކްލަބް ޖަމްޢިއްޔާތަކުގެ ބައިގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައިވެސް ހިމެނެއެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކަށް ބަލާއިރު 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރައާއި، 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރުފުރާ ގެ އިތުރުން 18 އަހަރުން ދަށުގެ އުމުރުފުރައާއި 18 އަހަރުން މަތީގެ އުމުރުފުރާ ހިމެނެއެވެ.

ޤައުމީ ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ދިވެހި ބަހުގެ އެކަޑެމީ ގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އެކަޑެމީން ބުނެއެވެ.