ކުޅިވަރު

ބްރެޒިލްގެ ފަބިއާނޯ ލިވަޕޫލަށް


ފްރާންސްގެ މޮނާކޯ އަށް ކުޅެމުން އައި މިޑްފީލްޑަރު ފަބިއާނޯ އިނގިރޭސިވިލާތުގެ ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފަބިއާނޯ އަކީ ފަހަތާއި މެދުތެރެއިން ކުރިއަށް އަދި ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކުޅުންތެރިއެއް ކަމަށެވެ.
މިހެންވެ މިއީ އެ ޓީމުގެ ފަހަތާއި މެދަށް ކުޅެމުން އަންނަ ޖަރުމަނު އެމްރޭ ކޭން ކުލަބު ދޫކޮށްލާނެ ކަމުގެ ސީދާ އިޝާރާތެކެވެ. ކުރިއަށް އޮތް ޖޫން މަހު ކޭންގެ ލިވަޕޫލް ކޮންޓްރެކްޓް ހަމަވާނެ އެވެ. އޭނާ ގުޅޭނެ ކަމަށް ބެލެވެނީ އިޓަލީގެ ޔުވެންޓަސްއާއެވެ.

ގާތްގަނޑަކަށް 40 މިލިއަން ޕައުންޑަށް ގެނައި ފަބިއާނޯ ބުނީ މިއީ އޭނާ އެދިއެދިހުރި ބަދަލެއް ކަމަށާއި، ލިވަޕޫލްގައި ލިބެންހުރި ފެސިލިޓީސްތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.
މި ސީޒަނުގެ ޕްރެމިއާ ލީގުގެ ހަތަރު ވަނަ ހޯދައި ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ލިވަޕޫލުން އަންނަނީ އަންނަ ސީޒަނުގައި އިނގިރޭސި ލީގަށް ވާދަކުރެވޭވަރުގެ ޓީމެއް ބިނާކުރަން ތައްޔާރުވަމުންނެވެ. އެ ޓީމަށް ޖަރުމަނުގެ ލީޕްޒިގް ނަބީ ކެއިޓާ ގެންނަން ނިންމާފައިވާއިރު ލިއޯންއިން ނަބީލް ފެކީރް ގަތުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

ސ.ވ.ރ

ފުރިހަމަ ނަން ޖަހާފަ ހަބަރު ލިޔުން މުހިންމު...