ޚަބަރު

ރާއްޖެއަށް ނިޕާ ވައިރަސްގެ ނުރައްކާ ކުޑަ - ޑަބްލިއުއެޗްއޯ


އިންޑިއާގެ ކެރެލާގެ ބައެއް ސަރަޙައްދުތަކުން ފެންނަމުންދާ ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ޑަބްލިއު އެޗްއޯގެ ރިސްކް އެސެސްމެންޓުން ދައްކައިފިއެވެ.

މީގެ ކުރިން އެޗްޕީއޭއިން ބުނީ ނިޕާ ވައިރަސް ފަތުރާ ވާ ރާއްޖޭގައި އުޅޭތީ ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންނަމަވެސް ޑަބްލިއުއެޗްއޯގެ ރިސްކް އެސެސްމެންޓުން ދައްކާގޮތުގައި އިންޑިއާގެ އެހެން ހިސާބުތަކަށާއި މިސަރޙައްދުގެ އެހެން ޤައުމުތަކަށްވެސް މިބަލި ފެތުރުމުގެ ފުރުސަތު ކުޑައެވެ.

ރާއްޖެއަށް މިބަލި ފެތުރުމުގެ ނުރައްކާ ކުޑަވެފައިވާއިރު ކެރެލާގައި މިބަލި ފެތުރެން ފެށުނު ސަބަބު ދެނެގަތުމަށް ދިރާސާތައް ކުރަމުންދާކަމަށް ހެލްޕް ޕްރޮޓެކްޝަން އޭޖެންސީން މަޢުލޫމާތުދެއެވެ. އަދި ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި އިތުރަށް ބަލި ފެތުރުން ހުއްޓުވުމަށް އިންޑިއާގައި ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އެ އޭޖެންސީން ބުނެއެވެ.

ކެރެލާ ސްޓޭޓުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސްއަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާއިރު މިބަލި ރާއްޖެގައި ފެތުރުނަ ނުދިނުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި ބަލި ޖެހެނީ ޓެރޯޕަސް އާއިލާގެ ވާ ނުވަތަ ފްރުޓް ބެޓްސްގެ ޒަރީއާއިންނާއި އޫރުގެ ޒަރިއްޔާއިންނެވެ. މިދުވަސްވަރު ރާއްޖެއިން ކެރެލާއަށް ދާ ފަރާތްތަކުންވެސް މިބައްޔާމެދު ސަމާލުވުމަށް އެއޭޖެންސީންވަނީ އިލްތިމާސްކޮށްފައެވެ.