ކުޅިވަރު

ލިވަޕޫލް ކީޕަރަށް މަރުގެ އިންޒާރު!


ޗެމްޕިއަންސްލީގު ފައިނަލްގައި ރެއާލްމެޑްރިޑް އަތުން ބަލިވި މެޗުގައި މިސްޓޭކް ހެދުނު ކީޕަރު ލޮރިސް ކާރިއަސްއަށް މަރުގެ އިންޒާރު ލިބޭތޯ ފުލުހުން އެކަން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ރެއާލްގެ ފުރަތަމަ ގޯލާއި، ފަހު ގޯލްގައި ޖަރުމަނުގެ ޒުވާން ކީޕަރުގެ މިސްޓޭކް ބޮޑެވެ. މެޗަށްފަހު އޭނާ ވަނީ ވަރަށް ބޮޑަށް ރޮއެ، ސަޕޯޓަރުންގެ ކިބައިން މަޢަފަށް އެދިފައެވެ. އަދި އޭގެ ފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސައުވީސް އަހަރުގެ ކީޕަރު ވަނީ މަޢާފަށް އެދިފައެވެ. ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރުގެ އިންޒާރު ދެމުންދާތީ ފުލުހުން އަންނަނީ އެކަން ތަހުޤީޤު ކުރަމުންނެވެ. ފުލުހުން ބުނީ ސޯޝަލް މީޑިއާ ޕޯސްޓްތައްވެސް ސީރިއަސްކޮށް ނަގާ ތަހުޤީޤު ކުރާނެކަމަށެވެ.

" މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައްވެސް ވަރަށް ސީރިއަސްކޮށް ނަގާނަން. އެކަން ތަޙުޤީޤުކުރާނަން. ކޮމެންޓްތަކާއ، އިންޒާރުތަކަށް އޮފިސަރުން ތިބީ ސަމާލުވެ " ފުލުހުންގެ މީޑިޔާއިން ބުނެފައިވެއެވެ.

ފައިނަލްގައި ރެއާލް އަތުން ލިވަޕޫލް ބަލިވިއިރު ފުރަތަމަ ލަނޑަކީ ލޮރިސް ކާރިއަސް އަތުގައި އޮތް ބޯޅަ ޓީމްގެ ކުޅުންތެރިއަކަށް އެއްލަން އުޅުމުގެ ތެރޭގައި ކައިރީގައި ހުރި ބެންޒިމާ ފައިގަ ޖެހިފަ ވަން ގޯލެކެވެ. ތިންވަނަ ގޯލަކީ ހާފްގެ މެދަކާ ހިސާބުން ބޭލް ފޮނުވާލުމުން ކީޕަރު އަތުގައި ޖެހިފައި ވަން ބޯޅައެކެވެ.