ކުޅިވަރު

ރޮޮމޭރޯ ވޯލްޑް ކަޕަށް ފިޓްވާނެ: އަންހެނުން


އާޖެންޓީނާގެ ޤައުމީ ކީޕަރު ސާޖިއޯ ރޮމޭރޯގެ ކަކުލަށް އަނިޔާވެފައިވީ ނަމަވެސް އަންނަ މަހު 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް އޭނާ ފިޓްވާނެ ކަމަށް އަންހެނުން އެލިއާނާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފިރިމީހާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް އާޖެންޓީނާގެ ޓީމުން ބުނެފައިވާތީއެވެ.
ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުގެ ބަދަލު ކީޕަރުގެ އަންހެނުން ބުނީ ރޮމޭރޯއަށް ލިބިފައިވާ އަނިޔާ ސީރިއަސްނޫން ކަމަށާއި، އާޖެންޓީނާ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗަށް ރޮމޭރޯ ފިޓްވާނެ ކަމަށެވެ. އެކަމަށް ހޭދަވާނީ މަދުވެގެން ދެ ހަފުތާ ނުވަތަ ގިނަވެގެން ތިން ހަފުތާ ކަމަށެވެ.

"ރޮމޭރޯ ޤައުމީ ޓީމުން ބޭރުކޮށްލަން ބޭނުންވާ ވަރަށް ގިނަ މީހުން އެބަތިބި. މިއީ ހަގީގަތާ ހިލާފު ވާހަކަ ދައްކަމުންދާ ސަބަބަކީ. އޭނާގެ އަނިޔާ އެހާ ސީރިއަސްނޫން،" އެލިއާނާ ބުންޏެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް 90 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ރޮމޭރޯ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިން ކީޕަރެވެ.