ކުޅިވަރު

ރެއާލްގެ ތަޖުރިބާ ބޮޑު، ބަލިކުރެވޭނީ ވަރަށް ބުރަ މަސައްކަތުން: ކްލޮޕް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފައިނަލަށް ނުކުންނަ ރެއާލް މެޑްރިޑަކީ ވަރަށް ތަޖުރިބާބޮޑު ޓީމެއް ކަމަށާއި، އެމީހުން ބަލިކުރެވޭނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށް ލިވަޕޫލުން ބުނެފިއެވެ.
ޔުކްރޭނުގެ ކިއޭވްގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުތުމުގެ ކުރިން ކްލޮޕް ބުނީ ތަޖުރިބާއަކީ ފުޓްބޯޅަ މެޗެއްގައި ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

"އެކަމަކު އެއީ ހުރިހާ އެއްޗެއްނޫން. ތަޖުރިބާއާ ދެކޮޅަށް ކުރަންވީ ކަމަކީ ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް ބުރަކޮށް ހުއްޓާނުލައި މަސައްކަތް ކުރުން. އަހަރުމެން ނުކުންނާނީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުތްފަދަ ރޫހެއްގައި. ސިޓީއާ ދެކޮޅަށް ދެއްކި ރޫހާއި ސެމީ ފައިނަލުގައި ރޯމާއާ ދެކޮޅަށް ދެއްކި ރޫހަކީ ފަސޭހައިން ކުރެވޭނެ ކަމެއްނޫން. އެކަމަކު ކުޅުންތެރިން އެކަން ދައްކައިދީފި،" ކްލޮޕް ބުންޏެވެ.

މި މެޗަކީ 2007 ވަނަ އަހަރުގެ ފަހުން ލިވަޕޫލް ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ފައިނަލެވެ. ފަސް ފަހަރު ލިވަޕޫލް ތަށި ހޯދާފައިވާއިރު ރެއާލް މެޑްރިޑް ވަނީ 12 ފަހަރު ތަށި ހޯދައިފަ އެވެ.

ލިވަޕޫލާއި ރެއާލް ފައިނަލްގައި ވާދަކުރާނީ މިމަހުގެ 26 ވަނަ ދުވަހުގެރެއެވެ.