ޚަބަރު

ބެންގކޮކް ހޮސްޕިޓަލަށް ދާ ދިވެހިންނަށް ޚާއްސަ ޑިސްކައުންޓެއް


އެއާޝިއާ މެދުވެރިކޮށް ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނަށް ބެންގކޮކް ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ ކާރޑެއް ތަޢާރަފްކޮށްފިއެވެ.

ބޭންކޮކް ހޮސްޕިޓަލްގެ ރާއްޖޭގެ ސަރވިސް ސެންޓަރ ކަމަށްވާ މެޑްހޯޕް މެޑިކަލް ސެންޓަރއިން ތަޢާރަފްކުރި، މި ޑިސްކައުންޓް ކާރޑު މެދުވެރިކޮށް، ދިވެހިންނަށް ފަސޭހައިން ބޭސްފަރުވާ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް މެޑްހޯޕް މެޑިކަލް ސެންޓަރއިން މަޢުލޫމާތު ދެއެވެ.

މެޑްހޯޕް މެޑިކަލް ސެންޓަރގެ މެނޭޖަރ އަޙުމަދު އަމްޖަދު ވިދާޅުވީ، ޑިސްކައުންޓް ކާރޑު މެދުވެރިކޮށް 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އެގޮތުން މި ކާޑު މެދުވެރިކޮށް ޑިސްކައުންޓު ލިލޭ ޚިދުމަތްތަކުގެ ތެރޭގައި ހޮސްޕިޓަލުއި އެޑްމިޓްކޮށްގެން ދައްކަންޖެހޭ ރޫމް ފީއާއި، އެހެނިހެން ބައެއް ފަރުވާތަކާއި ޚިދުމަތްތައްވެސް ހިމެނޭ ކަމަށެވެ. މިއީ އެއްއަހަރު ދުވަހުގެ ޑިސްކައުންޓް ކާޑެކެވެ.

އަމްޖަދު ވިދާޅުވީ، މެޑްހޯޕް މެޑިކަލް ސެންޓަރ މެދުވެރިކޮށް، ބެންގކޮކް ހޮސްޕިޓަލުން ދުރާލާ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓު ހެއްދުމުގެ އިންތިޒާމުވެސް ހަމަޖައްސައިދެމުން އަންނަ ކަމަށެވެ. ބެންގކޮކަކީ މި ސަރަހައްދުުގެ ޤައުމުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދާ ޤައުމެކެވެ.