ކުޅިވަރު

ޓޮރޭޒަށް ގާޑް އޮފް އޮނާ އެއް


އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް އެކުލަބަށް ކުޅެދިން ފަހު މެޗުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިން އޭނާ ޝަރަފުގައި ގާޑްއޮފް އޮނާއެއް އަރުވައިފިއެވެ.

އެއިބާއާ ވާދަކޮށް 2-2 ން އެތްލެޓިކޯ އެއްވަރުވި މެޗުގައި އެތްލެޓިކޯގެ ދެ ލަނޑު ވެސް ޖަހައިދިނީ ޓޮރޭޒެވެ. އޭނާގެ ޝަރަފުގައި މި މެޗުގައި ކެޕްޓަން ބޭންޑް ދީފައިވަނީ ވެސް އޭނާ އަށެވެ. މެޗަށް ފަހު އެތްލެޓިކޯގެ ކުޅުންތެރިން ވެސް ވަނީ ޓޮރޭޒަށް ގާޑް އޮފް އޮނާއެއް އަރުވައިފައެވެ.
ޓޮރޭޒަކީ ސްޕޭނަށް 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ލަނޑު ޖަރުމަނު ކޮޅަށް ޖަހައިދިން ފޯވަޑެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ޖެހިގެން އައި 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ވެސް އިޓަލީކޮޅަށް ލަނޑު ޖަހައި ސްޕޭނަށް ތަށި ދިފާއުކޮށްދިނެވެ.

އެތްލެޓިކޯ މެޑްރިޑުގެ ކެޕްޓަނުގެ ގޮތުގައި ހުރެފައި އޭނާ އެކުލަބު ދޫކޮށް 2007 ވަނަ އަހަރު ދިޔައީ ލިވަޕޫލަށެވެ. އޭގެ ފަހުން ޗެލްސީ އާއި އޭސީ މިލާނަށް ކުޅުމަށްފަހު އެނބުރި އެތްލެޓީކޯއާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ އެތްލެޓިކޯ އަށް 404 މެޗު ކުޅެދީ 129 ގޯލު ޖަހާދީފައެވެ.