ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި މިހާރު ފަރުވާ ހޯއްދަވަމުންދާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޢަބްދުލް މަޖީދު ޢަބްދުލްބާރީގެ ޙާލުބައްލަވައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ.އަބްދުލް މަޖީދު އަބްދުލްބާރީގެ ޙާލުކޮޅު ދެރަވެ އައިސީޔޫގައި އެޑްމިޓްކުރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ހިތާމައާއެކުކަމަށާ، ޑރ.ޢަބްދުލްމަޖީދަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގަންނަވާކަމަށެވެ. އަދި އޭނާގެ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވިޓުގައިވެއެވެ.
ޑރ.ޢަބްދުލްމަޖީދަށް ސްޓްރޯކެއް ޖެހުނީ މިދިޔަ ހުކުރު ދުވަހުކަމަށް މަޢުލޫމާތުލިބެއެވެ. އޭނާ މިހާރު އޮންނެވީ ސްރީ ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައިކަމަށާ، ނޭވާލަނީވެސް ވެންޓިލޭޓަރުގެ އެހީގައިކަމަށްވެސް މަޢުލޫމާތުލިބެއެވެ.