ޚަބަރު

މާލޭގެ 8 ސަރަޙައްދެއްގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް


ރަމަޟާންމަހާއި ދިމާކޮށް މާލޭގެ 8 ސަރަޙައްދެއްގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފިއެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ރޯދަމަހާއި ދިމާކޮށް އެންމެ ގިނައިން މީހުން ގޮސްއުޅޭ ބާޒާރުމަތި ސަރަޙައްދަށެވެ.

ރޯދަމަހާއި ދިމާކޮށް އެންމެ ބާރު ބޮޑުވާ އެއް ސަރަހައްދަކީ ބާޒާރުމަތި ސަރަހައްދެވެ. ގިނަ ބަޔަކު މުދާ ގަތުމަށް އެ ގަޑިއަށް ނކުތުމުން މުޅި ސަރަހައްދު އޮންނަނީ ތޮއްޖެހި ފުރި ބާރުވެފައެވެ. ރޯދަ މަހާއި ގުޅިގެން ބާޒަރުމަތީގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކުގެތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ މެންދުރުފަހު އެއްގަޑި ބައިން ފެށިގެން އިރުއޮއްސެންދެން ނޯތު ހާބަރު ފެށިގެން ޗާންދަނީ މަގާއިހަމައަށް ހަތަރު ފުރޮޅޮލީ އުޅަނދުތައް ވަނުން ވަނީ މަނާކުރުން. އަދި ބާޒަރުމާތީގައި ތޮއްޖެހުން ކުޑަކުރަން ބައެއް ސަރަހައްދުތަކުގައި ޕާކުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ބާޒަރުމައްޗަށް ދާ ފަރާތަކަށް ޕާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައވާ ގޮތަށް ބަލާއިރު ދަތުރުވެރިންގެ މާރުކޭޓް ވަށައިގެންވާ ސަރަހައްދުތަކުގައި ޕާކުރެވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.
ރޯދަމަހާއި ގުޅިގެން ދެން ބަދަލު ގެނެސްފައިވަނީ މާލޭގެ ބައެއް ބޮޑެތި މިސްކިތައް ހުންނަ ސަރަހައްދުގެ ޓްރެފިކް ޕްލޯއަށެވެ. މިގޮތުން ވިޔަފާރިވެރިންގެ މިސްކިތާއި ފުރުޤާނު މިސްކިތާއި ހެންވޭރު ނޫޜު މިސްކިތާއި އިބްރާހިމީ މިސްކިތާއި ބަންޑާރަ މިސްކިތް ހުންނަ ސަރަހައްދުގެ ޓްރެފިކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެޜޭގައި ކޮންމެ ނަމާދު ވަގުތަކަށް އެ ސަރަހައްދުތަކުން ހަތަރުފުރޮޅުލީ އުޅަނދުތައް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ.

ރޯދަމާއި ގުޅިގެން މާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަށްވެސް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލުތަކުގެ ތެރޭގައި ހެންވޭރު ބޯޅަ ދަނޑުގެ އިރު އޮންނަ ފިލިގަސްމަގާއި ފިލިގަސް ހިނގުން ވަނީ އުތުރުން ހުޅަނގަށް ދުއްވާ މަގަކަށްވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއި އެކު މިމަގަށް މަޖީދީމަގުން މިހާރު ނުވަދެވޭއިރު މިމަގުގައި ދަތުރުކުރަންޖެހޭނީ ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑްކައިރިން އެ މަގަށް ވަދެ މަޖީދީމަގަށް ނުކުންނަ ގޮތަށެވެ.

މީގެއިތުރުން އައޖީއެމްއެޗް ހުންނަ ކަންބާ އައިސާރަނި ހިނގުން ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ވަނީ ބަދަލުކޮށް ފައެވެ. ރޯދަ މަހާއި ދިމާކޮށް ރަސްފަންނު ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއި އެކު ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ހަޔަކަށް ރަސްފަންނު ސަރަޙައްދައް އެއްގަމު އުޅަނދު ވަނުމަކީ މަނާކަމެކެވެ.