ކުޅިވަރު

އިނގިރޭސި ޓީމް ވަރަށް ބެލެންސްވާނެ - ސައުތްގޭޓް


އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް އޭނާ އެކުލަވާލި އިނގިރޭސި ޓީމަކީ ވަރަށް ބެލެންސް ޓީމެއް ކަމަށް އިނގިރޭސި ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

ކުލަބު ފޯމު ދަށްވުމުގެ ސަބަބުން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ޖޯ ހާޓް އާއި މިޑްފީލްޑަރު ޖެކް ވިލްޝެއާ ނުހިމަނައި އިއުލާނުކުރި 23 ކުޅުންތެރިންގެ ޓީމަކީ މިހާތަނަށް އިނގިރޭސީން ވޯލްޑް ކަޕަށް ގެންދާ ތިން ވަނަ އަށް އެންމެ ޒުވާން ޓީމެވެ.

ގެރެތް ސައުތްގޭޓް ބުނީ މިއީ އަހަރުމެންގެ އުއްމީދުތަކާ ގުޅިފައިވާ ޓީމެއްކަމަށެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ޓީމުގައި ހިމެނުނީ އެންމެ ފަސް ކުޅުންތެރިންނެވެ.

އިނގިރޭސި 10 ކުލަބެއް ތަމްސީލުކުރާ ކުޅުންތެރިން ޓީމުގައި ހިމެނޭއިރު އެންމެ ގިނަ ކުޅުންތެރިން ތިބީ ޓޮޓެންހަމުންނެވެ. އެކުލަބުން ފަސް ކުޅުންތެރިއަކު ނަގާފައިވާއިރު މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ޔުނައިޓެޑާއި ސިޓީކުރެ ކޮންމެ ޓީމަކުން ހަތަރު ކުޅުންތެރިން ޓީމަށް ވަނީ ނަގާފައެވެ.

ނަމަވެސް ލިވަޕޫލުން ނެގި ދެ ކުޅުންތެރިންގެ ތެރެއިން އެލެގެޒެންޑާ އާނޮލްޑަކީ މުޅިން އަލަށް ގައުމީ ޓީމަށް ނެގި ކުޅުންތެރިއެކެވެ. އޭނާގެ އިތުރުން ވޯލްޑް ކަޕުގައި އިނގިރޑޭސި ގައުމީ ޓީމު ތަމްސީލު ކުރުމުގެ އުއްމީދުގައި ތިބި ފަސް ކުޅުންތެރިއަކަށްވަނީ ހުވަފެން ހަގީގަތަކަށް ހަދަން ފުރުސަތު ލިބިފައެވެ. އެއީ ކައިލްވޯލްކާ އާއި ޑެލޭއަލީއާއި، މާކަސް ރަޝްފޯޑާއި ޖެމީ ވާޑީއެވެ.

އިނގިރޭސިން ވޯލްޑް ކަޕް ފަށާނީ ޖޫން 18 ވަނަ ދުވަހު ޓިއުނީޝިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.