ކުޅިވަރު

ގަލޮޅު އެކްޓިވިޓީ ސެންޓަރު މަރާމާތަށްފަހު އަލުން ހުޅުވައިފި


ގަލޮޅު އެކްޓިވިޓީ ސެންޓަރު މަރާމާތަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާ ޚިދުމަތްދޭން ފަށައިފިއެވެ.
ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ގަލޮޅު އެކްޓިވިޓީ ސެންޓަރު މަރާމާތަށްފަހު ހުޅުއްވައިދެއްވީ ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީއެވެ.
ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ކުޅިވަރު ސާމާނު އަދި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެމިނިސްޓްރީން އިސްކަންދެއްވައިގެން މިހާރުވެސް ކުރިއަށްގެންދަވައެވެ. މީގެއިތުރުން އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީގެ އިސްބޭފުޅުން ރަށްރަށަށް ދަތުރުތައް ކުރައްވަމުންގެންދަވާކަމަށްވެސް ޒުވާނުންގެ މަރުކަޒުތަކާ ހަވާލުވެ ހުންނެވި އެގްޒެކްޓިވް ކޯޑިނޭޓަރ މުޙައްމަދު ޝިނާން (ނާނި) ވިދާޅުވިއެވެ.