ޚަބަރު

މުފްތީ މެންކުގެ ޚާއްޞަ ދަރުހެއް އައްޑޫ ސިޓީގައި މިރޭ އޮންނާނެ


ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ދުނިޔޭގެ މަޝްހޫރޫ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކުގެ ޚާއްޞަ ދަރުސެއް އައްޑޫ ސިޓީ ނޫރާނީ ސްކޫލުގައި މިރޭ އޮންނާނެއެވެ.
މި ދަރުސް ދެއްވުމަށްޓަކައި މިއަދުގެ ވަގުތެއްގައި މުފްތީ މެންކްވަނީ އައްޑޫސިޓީއަށް ވަޑައިގެންފައެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ދަރުސް އޮންނާނީ އައްޑޫ ސިޓީގެ ނޫރާނީ ސްކޫލުގެ ހޯލުގައެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ " މުސްލިމު ޒުވާނުންނަށް މެސެޖެއް " މި މަޢުޟޫއަށެވެ. މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ނުވަގަޑި ފަނަރާގައެވެ.

މި ދަރުހަކީ އިސްލާމިކް މިނިސްޓްރީއާއި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ދީނީ ތިން ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލް އިސްމްއާއި، ޖަމްޢިއްޔަތުލް އުލަމާގެ އިތުރުން ރަބީޢުލް ޤުލޫބް ފައުންޑޭޝަނާއި ގުޅިގެން ބާއްވާ ދަރުހެކެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާދަމާރޭ އިސްލާމީ މަރުކަޒުގައި ބާއްވާ އިޙްޔާ ޖަލްސާގައިވެސް މުފްތީ މެންކު ދަރުސްދެއްވާނެއެވެ.