ޚަބަރު

ފުރަތަމަ ޓާރމުގެ އިމްތިޙާންތައް ފަށައިފި


މި އަހަރުގެ ގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާރމުގެ އިމްތިޙާންތައް ފަށައިފިއެވެ.

ގްރޭޑް ހަތަކުން ފެށިގެން މަތީގެ ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންވެސް ފުރަތަމަ ޓާރމް ޓެސްޓުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.

މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އިމްތިހާންތައް ކުރިއަށްދާނެއެވެ. ފުރަތަމަ ޓާރމުގެ ޗުއްޓީ ފެށޭނީ ޖޫން މަހުގެ 10 ވަނަ ދުވަހު. ޗުއްޓީ ކުރިއަށްދާނީ ޖޫން ސާދަވަނަ ދުވަހަހާ ހަމައަށެވެ.

މި ހަފްތާގައި ރަމަޟާން މަސް ފެށޭއިރު، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ސްކޫލްތައް ބަންދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ. ރަމަޟާން މަހު ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާނެގޮތް ސްކޫލްތަކުން މިހާރު ވަނީ ބެލެނިވެރިންނާ ހިއްސާ ކޮށްފައެވެ.