ޚަބަރު

ޑރ.ޖަމީލް ނަޝީދަށް ފާޑު ވިދާޅުވެއްޖެ


ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން، މިހާރު ނަޝީދާއެކު އިދިކޮޅު ސިޔާސީ ޙަރަހާތުގެ އެއްލީޑަރުގެ ގޮތުގައި އުޅުއްވާ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލު ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދުގެ ކެމްޕެއިން އައްޑޫ ސިޓީ ހިތަދޫގައި ފަށުމަށް ބޭއްވި ޙަރަކާތެއްގައި އިންޓަނެޓް މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް އެ ސަރުކާރުގެ މުއްދަތު 6 އަހަރު ދުވަހަށް އިތުރު ކުރައްވާނެ ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް ހުށަހަޅުއްވާނެ ކަމަށެވެ. ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށްޓަކައި ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ގޮތުގައިއޮތް ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންނާގުޅޭ ނިޒާމެއް ނޫން ކަމަށާ އެކަން މިހާރު ކަށަވަރުވެފައިވާކަމަށްވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަޝީދުގެ މިވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ތެދުވެރި ލީޑަރޝިޕެއް ކަމަށެވެ. އަދި ޤާނޫނު އަސާސީ އިޞްލާހުކޮށް ޖުޑިޝަރީއާއި ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ މިނިވަންކަން ޤާއިމު ކުރަންޖެހޭ ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ކުރަން ހިފުމަކީ ޙައްލެއް ނޫން ކަމަށާ، ހުރިހާ ޕާޓީތައް ހިމަނައިގެން ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކަކީ އެތައް ނުބައެއްގެ ފެށުން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތައް މަޑުޖެހިލާފައިވާއިރު ރޭ ޕީޕީއެމްއިން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ޑިމޮކްރަސީއެއް ނެތިގެން އުޅޭ ބަޠަލުންނަކީ އިދިކޮޅު ލީޑަރުން އެކަނި ކަމަށާ އެ ބޭފުޅުންގެ ފަހުތަޅާލުންގަނޑު އޮންނާނީ އެކި ކަރަކަރައިގައި ކަމަށެވެ.

ހަހަހ

ވަރަށް އުނދަގުލުން ހޯދި ދެ ފޮޓޯ ދޯ ދެމީހުންވެސް ހަޑިކޮށް ހުރި! ހީހީ ހަލާކު.