ޚަބަރު

މިއަހަރުގެ ވެކޭޝަން އެކްސްޕޯ ޖުލައިމަހު ބާއްވަން ނިންމައިފި


މިއަހަރުގެ ވެކޭޝަން އެކްސްޕޯ އަންނަ ޖުލައި މަހުގެ 5 ކުން 7 ބާއްވަން ނިންމައިފިއެވެ.

ވެކޭޝަން އެކްސްޕޯއަކީ ދިވެހިން ޗުއްޓީ ހޭދަކުރާ މަންޒިލްތަކާބެހޭ މަޢުލޫމާތު ޙިއްސާކުރުމަށް ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ތެރެއިން ޗުއްޓީއާ ދިމާކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އެމަންޒިލްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެއެވެ.

މި އިވެންޓުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އެމީހުންގެ ވިޔަފާރި ޕްރޮމޯޓްކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށް ހައިރައިޒުން ބުނެއެވެ. އެގޮތުން ގެސްޓްހައުސްތަކާއި މޫދުކުޅިވަރުގެ ޚިދުމަތްދޭ ތަންތަނުން އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ.

މިއަހަރުގެ ވެކޭޝަން އެކްސްޕޯގެ ކޯސްޕޮންސަރަކީ ތައިލޭންޑުގެ ޓޫރިޒަމް އޮޓޯރިޓީއެވެ. މިއީ ވެކޭޝަން އެކްސްޕޯ ބާއްވާ 3 ވަނަ އަހަރެވެ. މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ފުލައިދުބާއީއާއި ސިންގަޕޯ އެއަރލައިނާއި ބެންކޮކް އެއަރވޭސްގެ އިތުރުން މޯލްޑިވިއަން އަދި ފުލައިމީ ހިމެނެއެވެ.