ޚަބަރު

އިދިކޮޅު މެންބަރުން ރައީސް ޔާމީންގެ ވެރިކަން ވައްޓާލައި އެމަނިކުފާނު ހަވަރަށް ދޭންވެސް ރޭވި


މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ވައްޓާލާއި އެމަނިކުފާނު ހަވަރަށް ދޭން، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންތަކެއް މަސައްކަތް ކުރިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި މެންބަރުންތަކެއް އެވާހަކަ ހިއްސާކުރި ޝިޔާމް އިބްރާހީމް ކިޔާ މީހަކު ފުލުހުންނަށް ދިން ބަޔާނެއް ލީކުވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ލީކުވެފައިވާ މި ބަޔާނުގައިވާގޮތުން ޝިޔާމް އިބްރާހީމަކީ 2007 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ އާއިލާގެ މެންބަރުންނާއި ގާތްގުޅުމެއް އޮންނަ މީހެކެވެ.

މިބަޔާނުގައި ޝިޔާމް ބުނެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވަދެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަންކަމަށް ބުނެ މަސައްކަތްކުރީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށްކަމަށެވެ.

ޝިޔާމްގެ ބަޔާނުގައި ބުނެފައިވަނީ 24 ޖުލައިގައި އިދިކޮޅު މެންބަރުން މަޖިލީހަށް ދިއުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމުގައިވާ މ. ކުނޫޒްގައި ތިބެގެން ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްއާ، މެންބަރު އިބްރާހިމް ދީދީގެ އިތުރުން، އިތުރު މެންބަރުންތަކެއްގާތު އެދުވަހު ސަރުކާރު ވައްޓާލުމަށްފަހު ރައީސް ޔާމީން ހަވަރަށްދޭނީ ކަމަށްބުނެ ވާހަކަދެއްކި އަޑު އޭނާ އެހިކަމަށެވެ.

އިދިކޮޅު މެންބަރުން އެދުވަހު މަޖިލީހަށް ވަންނަން ދިޔައީ ވެރިކަން ވައްޓާލުމަށް ޕްލޭންކޮށްގެން ކަމަށާއި، އެކަން ނުކުރެވުނީ ޕްލޭނާއި އެއްގޮތަށް މަޖިލީހުގެ އިދާރާގެ ތެރެއިން ކަންކަން ނުވުމުން ކަމަށް ޝިޔާމް ކިޔައިދީފައިވެއެވެ. އަދި 24 ޖުލައިގެ ކުރިންވެސް މަޖިލީޖިގެ މެންބަރުންތަކަށް އޭނާ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރިކަމަށް ޝިޔާމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މެންބަރު އިބްރާހީމް ދީދީ އޭނާއާ އެކި ފަހަރުމަތިން ބައްދަލުކޮށް ވިހި މިލިޔަން ރުފިޔާ ދޭނެކަމަށާއި، ގޭންގުތަކުގެ އެހީތެރިކަން ހޯދައިދިނުމަށް އެދުނުކަމަށްވެސް ޝިޔާމް ބުނެފައިވެއެވެ. އެވަގުތު ކީއްކުރަންތޯ އިބްރާހިމް ދީދީ ގާތުގައި ސުވާލުކުރުމުން، އެއީ އިދިކޮޅު މެންބަރުން މަޖިލީހަށް ވަންނަން ދާއިރު، އެކަމުގައި ގޭންގުތަކުން އެހީތެރިވެދިނުމަށްކަމަށާއި، 24 ޖުލައިގައި ސަރުކާރު ވައްޓާލައި ރައީސް ޔާމީން ދަންޖައްސައި މަރާލާނެކަމަށް އިބްރާހިމް ދީދީ ބުނިކަމަށް ޝިޔާމް ގެ ބަޔާނުގައި އޭނާ ވަނީ ބުނެފައިވެއެވެ. އަދި މަޖިލީހަށް މެންބަރުން ވަންނަން އުޅުނު ދުވަހަށް އިންޑިއާ ސިފައިން ރާއްޖެ އަންނަން ތައްޔާރަށް ތިބިކަމަށާއި، މަޖިލިސްތެރެއިން ވެރިކަން ވައްޓާލުމައްފަހު، އިންޑިއާ ސިފައިންގެ އެހީތެރިކަން ލިބޭނެކަމަށާއި، އިންޑިއާ ސަފީރު އެކަމަށް ތައްޔާރުވާން ހުރިކަމަށް އިބްރާހިމް ދީނީ ބުނިކަމަށްވެސް މިބަޔާނުގައި ޝިޔާމް ވަނީ ބުނެފައިވޭ.

24 ޖުލައި 2017 ގައި އިދިކޮޅު ފަރާތްތަކުން ހިންގަން ރޭވި ކަންކަން މިބަޔާނުން ހާމަވާއިރު، އެދުވަހު މަޖިލީސްތެރެއަށް ވަންނަން މެންބަރުން ކުރި މަސައްކަތް ކާމިޔާބުނުވީ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް އާއްމު ފަރާތްތަކުން މަޖިލީހުގެ އިދާރާއަށްވަދެ ކުރަން އުޅުނު ޤާނޫނާއި ޚިލާފު ކަންކަން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ހުއްޓުވުމުންނެވެ.

ޢަލީ މާހިރު

ތިޔަ ޝިޔާމް އަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކަމާ މެދު ޝައްކު އޭނަ ދިނީ ދޮގު ބަޔާނެއް ކަން އޭނަ ސާބިތު ކޮށްދީފި ތައުލީމީ ފެންވަރު ދަށް މީހެއް މިހާރުވެސް އެކި މީސް މީހުންނަށް ގުޅާ ސިޓީ ލިޔެދޭން އާދޭސް ކުރަމުން އެބަދުވޭ