ޚަބަރު

ޖޫން މަހު މެޕްސްއިން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިި


އަންނަ ޖޫން މަހު މެޕްސް ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިިއެވެ.

މެޕްސް ކޮލެޖުން ޖޫންމަހު 25 ކޯސް ފެށުމަށް ހަމަޖައްސާފައިވެއެވެ. މީގެ ތެރޭގައި ބިޒްނަސް މެނޭޖުމަންޓާއި އެކައުންޓިންގްއާއި ހިއުމަން ރިސޯރސް މެނޭޖްމަންޓާއި ޓްރެވެލް އެންޑް ޓުވަރިޒަމް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ. މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ ޢަބްދުލްއަޒީޒް އިބްރާހީމް ވިދާޅުވީ ޖޫންމަހު އިންޓޭކަށް އެކި ދާއިރާތަކުން 400 ޖާގަ ކަނޑައަޅާފައިވާކަމަށެވެ. މީގެތެރޭގައި ސެޓްފިކެޓް ލެވެލް ކޯސްތަކުން ފެށިގެން މާސްޓަރސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ.

މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ އިތުރަށް ވިދާޅުވީ ޖޫންމަހު ފަށާ ކޯސްތަކުގެތެރޭގައި ފުލްޓައިމް ކޯސްތަކާއި ބްލޮކްމޯޑަށް ކުރިއަށް ގެންދާ ކޯސްތައް ހިމެނޭކަމަށެވެ. އެގޮތުން ބްލޮކް މޯޑު ކޯސްތައް ކުރިއަށް ގެންދަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ފުރުޞަތު ފަހިވާގޮތަށްކަމަށް މެޕްސް އިން ބުނެއެވެ. މެޕްސް ކޮލެޖުން ބުނީ ކޯސްތަކުގެ ތަފްޞީލާއި އެޕްލިކޭޝަން ފޯމް ކޮލެޖުގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30ވަނަ ދުވަހެއެވެ.