ވިޔަފާރި

ފަޅުރަށްރަށް ދޫކުރެއްވުމުގެ އުޞޫލު ވަޒީރުންގެ މަޖިލީހުން ނިންމަވައިފި





 


ދިވެހިރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ފަޅުރަށްރަށް ދޫކުރެއްވުމުގެ އުޞޫލު ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.


 
ފަޅުރަށްރަށް ދޫކުރުމުގައި މިހާރު ދިމާވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރައްވަން ފަށްޓަވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި މި އުސޫލަށް ގެންނަވަން ފެނިވަޑައިގަންނަވާ މައިގަނޑު އިޞްލާޙުތައް ފާހަގަކުރެއްވިއެވެ. އަދި އެ އިޞްލާޙުތައް ގެންނަވައި މި އުސޫލަށް ޢަމަލުކުރައްވަން ފެށްޓެވުމަށް ނިންމެވިއެވެ.


 
 


ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، އެ ދަތުރުފުޅާބެހޭ މަޢުލޫމާތުވެސް، ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެއްވިއެވެ.