ޚަބަރު

ލ.ގަން ކައުންސިލްގެ އޮފީސް ކައިރީގައި އޮތް ފިއުލް ބައުޒާއެއްގައި އަލިފާން ރޯވެއްޖެ


ލ.ގަން ކައުންސިލްގެ އޮފީސް ކައިރީގައި އޮތް ފިއުލް ބައުޒާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ފިއުލް ބައުޒާގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކައްދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރު 1:40 އެހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.