ޚަބަރު

މުވައްޒަފުންގެ ޕަރފޯމަންސް ބަލައި މުވައްޒަފުން ކުރިއެރުވުމާގުޅޭ ޓްރެއިނިންގ ތަކެއް ފަށައިފި


މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރުމާއި މުވައްޒަފުން ގޮވައިގެން އެކުވެރި މާހައުލެއްގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަ ޓްރެއިނިންގް ސެޝަންތަކެއް ފަށައިފިއެވެ.

އިންވެސްޓަރ އިން ހިއުމަން ރިސޯސް، އައިއެޗްއާރުން އިންތިޒާމުކޮށްގެން ބާއްވާ މި ޓްރެއިނިންގ ސެޝަން އަމާޒުކޮށްފައިވަނީ ރާއްޖޭގެ އެކި އޮފީސްތަކުގައި މަސައްކަތްކުރާ މެނޭޖީރިއަލް ލެވެލްގެ ފަރާތްތަކަށެވެ. އުނިމާ ގްރޭންޑު ހޮޓެލްގައި ކުރިޔަށްދާ "މެނޭޖިން އެންޑް ޑެވެލޮޕިންގް ސްޓާފް ޕާރފޯމަމްސް" ޓްރެއިނިންއަކީ 2 ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާ ޓްރެއިނިންއެކެވެ. މިޓްރެއިނިން ފެސިލިޓޭޓްކޮށްދެނީ އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރެއިނަރ، ކޮންސަލްޓަންޓު އަދި ލިޔުންތެރިޔާ ޓެރީ ގިލަންއެވެ.

މިޓްރެއިނިންގައި ރާއްޖޭގެ އެކިއެކި އޮފީސްތަކުގައި މަސަސްކަތްކުރާ މެނޭޖީރިއަލް ލެވެލް ފަރާތްތަކަށް މުވައްޒަފުން ގެންގުޅުމުގައި އެމީހުންގެ ރޯލް ދެނެގަނެ، އެންމެ އެކަށީގެންވާ ގޮތަށް ޕަފާރމަންސް ސައިކަލް ބޭނުން ކުރާނެގޮތް ދަސްކޮށްދޭނެއެވެ. މީގެއިތުރުން މުވައްޒަފުން މަސައްކަތަށް ޝައުގުވެރި ކުރާނެ ގޮތްތަކާއި މުވައްޒަފުންގެ ޕަރފޯމަންސަށް ބަލައި މުވައްޒަފުން ތަރައްޤީ ކުރާނެ ގޮތްތައްވެސް ކިޔައިދޭނެއެވެ. މިޓްރެއިނިންގައި އެސްޓީއޯއާއި ޕީއެސްއެމްއާއި، ރާއްޖޭގެ ކޮލެޖުތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފިޝަލުން ބައިވެރިވެއެވެ.

މިޓްރެއިނިން އިންތިޒާމްކުރާ އައިއެޗްއާރަކީ މަސައްކަތުގެ ދާއިރާއަށް އުފެއްދުންތެރި އިންސާނީ ވަސީލަތްތައް ބިނާކުރުމަށް މަގުފަހިކޮށްދީ އަދި ރާއްޖޭގެ އެޗްއާރު ދާއިރާ ކުރިއެރުވުމަށް އުފެއްދިފައިވާ ފުރަތަމަ އަމިއްލަ ކުންފުންޏެވެ.