ޚަބަރު

އުރީދޫގެ ބްރޭންޑް އެންބެސެޑަރަކަށް އާތިފް


އުރީދޫ ބްރޭންޑް އެމްބެސެޑަރަކަށް ދުވުންތެރިޔާ އަހުމަދު އާތިފް ހަމަޖައްސައިފިއެވެ.

އުރީދޫ އާއި އާތިފް ގުޅިގެން، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބާރުއަޅާ މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުމަށް އެއްބަސްވެފައިވާކަމަށް އުރީދޫއިން ބުނެއެވެ. އާތިފް ބުނީ އުރީދޫގެ ބްރޭންޑް އެންބެސެޑަރަކަށް ވުމުން ވަރަށް އުފާވާކަމަށާއި އުރީދޫއަކީ އަބަދުވެސް އައު އަދި ތަފާތު ކަންތައްތައް ކުރުމުގައި ފާހަގަކޮށްލެވޭ ބްރޭންޑެއްކަމަށެވެ.

"އުރީދޫގެ ބްރޭންޑް އެމްބެސެޑަރ އަކަށްވެ، އެކުންފުންޏާއި އެކު މަސައްކަތް ކުރުމަށް މި ފުރުސަތު ލިބުމަކީ އަޅުގަނޑު ވަރަށް އުފާވި ކަމެއް. ސަބަބަކީ، އައު އަދި ތަފާތު ކަންތަށް ކުރުމުގައި، އުރީދޫ އަކީ އަބަދުވެސް ވަރަށް ފާހަގަކޮށްލެވޭ ބްރޭންޑެއް. ކިތަންމެ އުނދަގޫހެން ހީވާ ކަމެއްވެސް، ޑިސިޕްލިން އާއިއެކު، އެކަމެއް ކުރާހިތުން ކުރަން ހިތްވަރުކޮށްފިނަމަ، އެކަމެއް ވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި އުރީދޫ އާއި ގުޅިގެން، ދިވެހިންނަށް ކަމުދާފަދަ ވަރަށް ތަފާތު ޗެލެންޖުތަކާއި ކުރިމަތިލާން ހަމަ ތައްޔާރު." އުރީދޫގެ ބްރޭންޑް އެމްބެސެޑަރ، އަޙްމަދު އާތިފް ވިދާޅުވިއެވެ.

އާތިފްގެ އިތުރުން، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ތެރޭގައި ނިއުރޭޑިއަންޓް ޓީމާއި، ހަބޭސް ބޮޑުބެރު ގުރޫޕް ހިމެނެއެވެ. އަދި މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އާއި ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ އެއް ޓީމު ކަމުގައިވާ ޕެރިސް ސެއިންޓް ޖަމެއިން އަކީވެސް، ބައިނަލްއަޤްވާމީ މައިދާނުގައި އުރީދޫގެ ޕާޓްނަރުންނެވެ.