ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މައި މަގުތަކުގެ މަސައްކަތް ނިންމާލައިފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މައި މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗް.ޑީ.ސީން ބުނީ، ޔޫތް ސިޓީގެ ގޮތުގައި ތަރައްޤީކުރާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ބޭނުންކުރުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ހުޅުމާޅޭ ދެވަނަ ހިޔަވަހީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ނުނިމިހުރީ، މަގުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކުރުމުގެ މަސައްކަތާއި، މަގުތަކުގައި ކުރެހުމުގެ މަސައްކަތްކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނުންބުނީ، މި މަޝްރޫޢުއު އެއްކޮށް ނިމުން ވެގެންދާނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތަށް ލިބިގެންދާ އެންމެ ބޮޑު ކާމިޔާބީއަށް ކަމަށެވެ. ދެވަނަ ފިޔަވަހީގައި މަގުތަކުގައި 15 ކިލޯމީޓަރު ހުރެއެވެ. މިމަގުތަކުގެ މައިގަނޑު މަސައްކަތްތައް ނިންމާލާފައިވާއިރު، މަގުހެދުމުގެ މަސައްކަތް އެކޮށް ނިމިގެންދާއިރު، ކަރަންޓާއި، ފެނާއި އިންޓަރނެޓްގެ ޚިދުމަތް ދިނުމަށްޓަކައި ވަޅުލަންޖެހޭ ކޭބަލްތައް ވަޅުލުމުގެ މަސައްކަތްވެސް ނިމިގެންދާނެކަމަށް އެޗް.ޓީ.ސީން ކުރިންވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭ ދެވަނަފިޔަވަހީގެ މަގުތައް ތަރައްޤީކޮށްފައިވަނީ، ފުރަތަމަ ފިޔަވަހީގެ މަގުތަކާ ތަފާތުކޮށް، މުޅިން އާ ޑިޒައިނަކަށެވެ.

މިމަޝްރޫޢު ކުރިއަށްގެންދަނީ ބޭރުގެ 2 ކުންފުންޏަކާ ޙަވާލުކޮށްގެން، މިއީ 40 މިލިއަން ޑޮލަރަށްވުރެ ބޮޑު މަޝްރޫޢެކެވެ.