ޚަބަރު

ހުޅުމާލޭ ޕެޓްރޯލް ޝެޑްކައިރީގައި އޮތް ހުސްބިމެއްގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ


ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ޕެޓްރޯލް ޝެޑް ކައިރީ އޮންނަ ހުސް ބިމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައވަނީ ޕެޓްރޯލް ޝެޑު ކައިރީ އޮތް ހުސްބިމުގެ ތެރޭގައި ހުރި ހުރި ލަކުޑި ޖަމްބޯ ބޭގްތަކެއްގައިކަމަށެވެ.

މި އަލިފާނގަނޑު ނިންވުމުގެ މަސައްކަތް ސިފައިންގެ ފަޔަރ ޓީމުން އަންނަނީ ކުރަމުންނެވެ.