ޚަބަރު

3ވަނަ އެފްއެންޑްބީ ޝޯ އަންނަ މަހުގެ 3ވަނަ ދުވަހު


ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ 3 ވަނަ ފުޑް އެންޑް ބެވަރޭޖް ޝޯގެ ސްޕޮންސަރުންނާއިއެކު ސޮއިކޮށްފިއެވެ.

ކާބޯތަކެއްޗަށް ޚާއްސަކޮށްގެން ބާއްވާ އެފްއެންޑްބީ ޝޯގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ ސަނީ އެންޓަޕްރައިޒަސްއެވެ. ކޯ ސްޕޮންސަރަކަށް އެސްޓްރަބޯން އަދި މޯލްޑިވް ގޭސްއާއިއެކު ހައިރައިޒުން ވަނީ ސޮއިކޮށްފައެވެ. މީގެއިތުރުން ސެކިއުރިޓީ ޕާރޓްނަރަކީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަންއެވެ. ސެޓަޕް ޕާރޓްނަރަކަށް އަސަރީ ސާރވިސް ހަމަޖައްސާފައިވާއިރު، ޕްރިންޓިންގ ޕާރޓްނަރަކީ މޮނާރކްއެވެ.

މިއަހަރުގެ އެފްއެންޑްބީ ޝޯ ކުރިއަށްދާނީ އަންނަ މަހުގެ 3 އިން 5 އިން ނޭޝަނަލް އާރޓް ގެލަރީގައެވެ. މިއަހަރުގެ އެގްޒިބިޝަންގައި 14 ކުންފުންޏަކުން އެމީހުންގެ އުފެއްދުންތައް ދައްކާލާނެކަމަށް ހައިރައިޒުން ބުނެއެވެ.

މިއަހަރުގެ އެފްއެންޑްބީ ޝޯ ދުވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިންވަނީ އެންޑޯޒްވެސް ކޮށްފައެވެ. މިޝޯ މެދުވެރިކޮށް ކުންފުނިތަކަށް އެމީހުންގެ އުފެއްދުންތައް ދައްކާލައި، އެ އުފެއްދުންތައް ޢާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.