ޚަބަރު

ގެއްލުނު 2 ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ސޯޓް ފެނިއްޖެ- ޕޮލިސް


އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށް އެރިއުޅުނިކޮށް ގެއްލުނު 2 ކުދިންގެ ތެރެއިން އެއްކުއްޖެއް ސޯޓު ފެނިއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސައުތް ޑިވިޝަން ކޮމާންޑަރ އަޙުމަދު ސާމީ ވިދާޅުވެފައިވަނީ ގެއްލުނު 2 ކުދިންގެ ތެރެއިން އެއް ކުއްޖަކުގެ ސޯޓް ފެނިފައިވަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންގެ ޓީމަކަށްކަމަށެވެ. އަދި އެއީ ގެއްލުނު ދެކުދިންގެ ތެރެއިން ހިތަދޫ، ޗަނބޭލީގެ، 17 އަހަރުގެ އަލީ ފަހުމީގެ ސޯޓުކަމަށްވެސް ސާމީ ވިދާޅުވިއެވެ.

މި ސޯޓަކީ އަލީ ފަހުމީގެ ސޯޓުކަމަށް ފުލުހުންނަށް ކަށަވަރުކޮށްދީފައިވަނީ އަލީ ފަހުމީގެ އާއިލާގެ މެންބަރަކުކަމަށް ފުލުހުން ބުނެއެވެ. މި ސޯޓު ފެނުނުއިރު ގަލުގައި އަޅައިގަނެ ވީދިފައިވާކަން ފާހަގަކުރެވޭކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޓީމު މިހާރު ދަނީ ސޯޓް ފެނުނު ސަރަހައްދު އިތުރަށް ބަލައި ހަރަކާތްތެރިވަމުންނެވެ.

މިމަހުގެ 21 ވަނަ ދުވަހު، ހިތަދޫ ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ ސ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ހިތަދޫ ޓޮޕާޒް މަޔާމީން އަލީ އެވެ. މި ދެކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.