ޚަބަރު

"ފަހިދޫ"ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ކޮންމެ ރޯދަމަހަކު ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އަންނަ "ފަހިދޫ"ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޮފީސްތަކާއި، ކުންފުނިތަކާއި، ކްލަބް ޖަމިއްޔާ ޖަމާތްތަކުގެ އިތުރުން އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވޭ މި މުބާރާތް ކުރިޔަށް ގެންދާނީ ހުރިހާ އުމުރުފުރައަކަށް އާއްމުކޮށް ހުޅުވާލައިގެންނެވެ. މުބާރާތުގައި ކޮންމެ ތަނަކުންވެސް ފަސް މެމްބަރުން ހިމެނޭ އެއް ޓީމު ބައިވެރިކުރެވޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ދެވަނަ ދުވަހެވެ. އަދި މުބާރާތޔުގައި ބައިވެރިވާން އެދޭ އެޕްލިކޭޝަން ފޯމާއި އެކު މުބާރާތުގައި ޤަވާއިދު ޕީއެސްއެމްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޕީއެސްއެމުން ސިލްސިލާކޮށް ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ "ފަހިދޫ" ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލަކޮށް، ބަހުގެ ހަމަތަކާއި އެއްގޮތަށް ދިވެހި ބަސް ބޭނުންކުރަން ބާރުއަޅައި، އިލްމީ ފެންވަރެއްގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެތެރޭގައި ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިން އުފެއްދުންވެސް ހިމެނެއެވެ.

މުބާރާތުގެ އެއްވަނަ ޓީމަކަށް ފަނަރަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ދިހަހާސްރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. "ފަހިދޫ"ބަހުސް މުބާރާތުގައި މިދިޔަ އަހަރު ކާމިޔާބުކުރީ ޤައުމީ ދިފާޢީ ބާރުގެ ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އެވެ.