ޚަބަރު

ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި


ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަހަމުކޮށްލައިފިއެވެ. ފުލުހުން ބުނީ ފުލުހަކަށް ބަޔަކު މީހުން ހަމަލާދީފައިވަނީ ކާނިވާ ސަރަހައްދުގައި އަޅަމުންދާ މިސްކިތް ކައިރިން ރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. މި ހަމަލާގައި ފުލުސް މީހާގައިގައި ތަޅާ މަރާމާރީ ހިންގާ ބުރަކަށްޓައި ކަނދުރާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ފުލުސް މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.