ޚަބަރު

ޝަހުދާން ކަޓައި އައިޑަލްގެ ގަދަ ފަހެއް ކަށަވަރުވެއްޖެ


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ފަސް ބައިވެރިން ކަށަވަރުވެ، މުބާރާތުން ޝަހުދާން ކަޓައިފިއެވެ.
އައިޑަލްގެ ގަދަ ފަސް ބައިވެރިންގެ ގޮތުގައި އަންނަ ރައުންޑަށް ދަތުރުކުރި ފަސް ބައިވެރިންނަކީ ނަޢުޝާދް، އަޒަލް، މައީޝާ، ސައިނާ އަދި ތަސްލީމެވެ.

މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ބައިވެރިން ހޮވާފައިވަނީ ހުކުރު ދުވަހުގެރޭ ބޭއްވި ޝޯވްގައި ހުށަހަޅައިދިން ހުށަހެޅުންތަކަށް ބެލުންތެރިންނާއި ޖަޖުން ދިން މާކްސްއިންނެވެ.
ގަދަ 5 ބައިވެރިން ހޮވުމަށް ބޭއްވި ޝޯވް ޚާއްޞަ ކޮށްފައިވަނީ "ރޮކް" މި ތީމަށެވެ.
ރޭ ބޭއްވި އެލިމިނޭޝަން ޝޯވްގައި ބައިވެރިންގެ ފަރާތުން ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ.

ރޭގެ ޝޯވްއިން އައިޑަލްއާ ވަކިވި ޝަހުދާން ބުނީ، މޯލްޑިވިއަން އައިޑަލްއަކީ ލަވަކިއުމުގެ ދާއިރާއިން ކުރިއަށްދާން ފުރުޞަތު ނުލިބިފައިތިބި ލަވަކިޔުންތެރިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދިން ޝޯވްއެއް ކަމަށެވެ.

ޝަހުދާން ބުނީ މިދާއިރާއިން ކުރިއަށްދާންބޭނުންވާ، ޝަހުދާންފަދަ ގިނަ ކުދިން އެބަތިބިކަމަށާ މިއީ އެފަދަ ކުދިންނަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މިޝޯވއިން ކެޓިނަމަވެސް މިދާއިރާއިން އޭނާގެ އަޑު އަބަދުވެސް އިވޭނޭކަމަށް ޝަހުދާން ވަނީ ބުނެފައެވެ.

ގަދަ ފަހަކަށް ދަތުރުކުރި ބައިވެރިންވަނީ މި ދަތުރަކީ ވާދަވެރި އުނދަގޫ ދަތުރެއްކަން ފާހަގަކޮށްފައެވެ. އަދި ވޭތުވެދިޔަ ރައުންޑްތަކުން ލިބުނު ޖަޖުންގެ ކޮމްނެޓްތަކާއެކު، ކުރިއަށް އޮތް ޝޯވތަކުގައި މިއަށްވުރެ ސަޅި ހުށަހެޅުންތަކެއް ދައްކާލާނެކަމަށް ބުނެފައެވެ.

އެލިމިނޭޝަން ނައިޓްގެ ޝޯވގައި ގެސްޓް ޖަޖެއްގެގޮތުން ބައިވެރިވެފައިވަނީ އެމްއެންޑީއެފްގެ ބޭންޑް އެންޑް މިއުޒިކް ވިންގްގެ އޮފިސަރ ކޮމާންޑަރ އިސްމާއިލް އަކްރަމެވެ. މި ޝޯވ ޙާއްސަކޮށްފައިވަނީ "ޓްރިބިއުޓް ނައިޓް" މިތީމަށެވެ. އެގޮތުން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ، ދޮހޮއްކޮބެ، ރަޝާދް، ޖަމީލާ ޙަސަން އަދި ޖޭމުދޮންކަމަނަ ފަދަ ލަވަކިޔުންތެރިންގެ ލަވަތައް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން މިރޭގެ ޝޯވގައިވަނީ ބެލުންތެރިންނަށް ސަޕްރައިޒްއެއްވެސް ގެނެސްދީފައެވެ. އެގޮތުން މިޝޯވްގައި ކޮންމެ ލަވަކިޔުންތެރިއަކާއެކު، މަޝްހޫރު ދިވެހި އަރޓިސްޓެއްވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ޔާމިން، އަޝްފާ، ޝާދިން، ފުބޫ، ސަމާ އަދި އިންޝާވަނީ އައިޑަލްގެ ބައިވެރިންނާއިއެކު ޕަރފޯމްކޮށްފައެވެ.